Roadha Mihaaru
ހަމަލައެެއްގެ ނުރައްކަލެއް ޓޫރިސްޓުންނަކަށް ނެތް: ޒަމީރު

ޓެރަރިސްޓް ހަމަލައެެއްގެ ނުރައްކަލެއް ޓޫރިސްޓުންނަކަށް ނެތް: ޒަމީރު

13 ޖެނުއަރީ 2018

ރާއްޖެއަށް ޓެރަރިސްޓް ހަމަލައެއް ދީފާނެތީ، އެމެރިކާއިން އަންނަ ޓޫރިސްޓުން ސަމާލުވުމަށް އަންގައި އެ ގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުން ޓްރެވެލް އެޑްވައިޒަރީއެއް ނެރުނަސް އެފަދަ އެއްވެސް ނުރައްކަލެއް ނެތް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ނެރުނު މި ޓްރެވެލް އެޑްވައިޒަރީގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ ރާއްޖޭގެ ވަކިވަކި ރަށްރަށުގައި ވެސް ޓެރަރިސްޓް ހަމަަލައެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި އެ ހާލަތުގައި ސަރުކާރުގެ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ނުވެދާނެ ކަމަށް ވެސް އެ އެޑްވައިޒަރީގައިވެ އެވެ. މީގެ އިތުރުން ޓޫރިސްޓުން ޒިޔާރަތްކުރާ ތަންތަނަށާއި ދަތުރުފަތުރަށް ބޭނުންކުރާ އެއާޕޯޓާއި ފެރީ ޓާމިނަލް އާއި މާރުކޭޓު އަދި ސަރުކާރުގެ އިދާރާތަކަށް ވެސް ޓެރަރިސްޓް ހަމަލަދީފާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް އެޑްވައިޒަރީގައިވެ އެވެ.

ނަމަވެސް، މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޒަމީރު "މިހާރު" އަށް ވިދާޅުވީ، ރާއްޖެ އަންނަ ޓޫރިސްޓުންގެ ރައްކަލަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށާއި ޓެރަރިސްޓް ހަމަލައެއް ރާއްޖޭގައި ދީފާނެ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނެތް ކަމަށެވެ.

މި އަހަރުގެ ފެށުން ފާހަގަކުރުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޝޯ ގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ފެށުން ފާހަގަކުރުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޝޯ ގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"މި އެޑްވައިޒަރީއާ ގުޅިގެން ވެސް ޓޫރިޒަމްގެ ސެކިއުރިޓީ އާއި ސޭފްޓީއަށް އެޅެން ހުރި، ހުރިހާ ފިޔަވަޅެއް އަޅުގަނޑުމެން އަޅަމުން ދާނަން. މިހާތަނަށް އެނގިފައިވާ ގޮތުގައި ރާއްޖޭގައި މިފަދަ ޓެރަރިސްޓް ހަމަލައެއް ދީފާނެ ކަމުގެ ނުރައްކަލެއް ނެތް. ޓޫރިސްޓުންނަށް ނުރައްކަލެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

އެމެރިކާގެ އިތުރުން އިނގިރޭސި ވިލާތުން ވެސް މީގެ ކުރިން ވަނީ މިފަދަ އެޑްވައިޒަރީއެއް ނެރެފަ އެވެ.