Roadha Mihaaru
ރާއްޖެއާއެކު މި ސަރަހައްދަށް ޓްރެވެލް އެޑްވައިޒަރީ

ރާއްޖެ ހިމެނޭގޮތަށް މި ސަރަހައްދުގެ ގައުމުތަކަށް ޓްރެވެލް އެޑްވައިޒަރީ ނެރެފި

29 ޖޫން 2023

ޓެރަރިޒަމްގެ ނުރައްކާ އޮތުމުން ރާއްޖެ ހިމެނޭހެން، މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ޓްރެވެލް އެޑްވައިޒަރީ ނެރެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެރަރިޒަމްގެ ނުރައްކާ އޮތުމުން ރާއްޖެ ހިމެނޭހެން، މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ޓްރެވެލް އެޑްވައިޒަރީ ނެރެފި އެވެ.

ދަތުރުކުރުމާ ގުޅޭގޮތުން އެންމެ ފުރަތަމަ އެޑްވައިޒަރީ ނެރުނީ އިނގިރޭސިވިލާތުގެ ސަރުކާރުން، މިދިޔަ ބުރާސްފަތި ދުވަހު އެވެ. ގްލޯބަލް ޓެރަރިޒަމްގެ ނުރައްކާ އޮތުމުން ރާއްޖޭގެ އިތުރުން އިންޑިއާ އަދި ސްރީ ލަންކާ އަށް ވެސް އެ ދުވަހު އެޑްވައިޒަރީ ނެރުނެވެ.

އެކަމުގެ ނުރައްކަލާ ހެދި އޭގެ އެއް ދުވަސް ފަހުން އެމެރިކާ ސަރުކާރުން ވެސް ވަނީ ރާއްޖެ އަށް ދަތުރުކުރުމުގެ ލެވެލް މަތިކޮށްފަ އެވެ.

އެމެރިކާގެ ޓްރެވެލް އެޑްވައިޒަރީސް ވެބްސައިޓުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖެ އާއި އިންޑިއާ އަދި ލަންކާއަށް ދަތުރުކުރުމަށް ނެރެފައިވާ އެލާޓް، ލެވެލް 2 އަށް އަރައިފަ އެވެ. އެއީ އިތުރަށް ރައްކާތެރިވުމަށް ނެރުނު ލެވެލް އެވެ.

އެ ގައުމުގެ ރައްޔިތުން ދަތުރުކުރުމަށް ހަތަރު ލެވެލްއެއްގެ އެލާޓް ނެރެ އެވެ. އެއީ، ދަތުރުކުރުމަށް ރައްކާތެރި ގައުމުތަކަށް ނެރޭ ލެވެލް 1 ގެ އެލާޓް އަދި އިތުރަށް ސަމާލުކަން ދޭންޖެހޭ ގައުމުތަކަށް ނެރޭ ލެވެލް 2، އެ ގައުމަކަށް ދަތުރުކުރުމާ މެދު އަލުން ވިސްނާލަންޖެހޭ ލެވެލް 3 ގެ އެލާޓް އަދި ދަތުރުކުރުން މަނާކަން އަންގައިދޭ ހަތަރު ވަނަ ލެވެލް އެވެ.

ނުރައްކާ އޮތް ކަމަށް ބުނެ މީގެ ކުރިން ވެސް ރާއްޖެއަށް ޓްރެވެލް އެޑްވައިޒަރީ ނެރެފައިވެ އެވެ.