Roadha Mihaaru

ހާރިސް މަރާލި މައްސަލައިގެ ޝަރީއަތް ފެށުން ފަސްކޮށްފި

ހުޅުމާލޭގައި މިދިޔަ ސެޕްޓެމްބަރު މަހު މަރާލި ހާރިސް އަބްދުލްޣަފޫރުގެ މަރުގެ މައްސަލައިގެ ޝަރީއަތް ފެށުން ފަސްކޮށްފި އެވެ.

ހާރިސް މަރާލި މައްސަލައިގެ ޝަރީއަތް ފެށުން ފަސްކޮށްފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

14 ޖެނުއަރީ 2018

ހުޅުމާލޭގައި މިދިޔަ ސެޕްޓެމްބަރު މަހު މަރާލި ހާރިސް އަބްދުލްޣަފޫރުގެ މަރުގެ މައްސަލައިގެ ޝަރީއަތް ފެށުން ފަސްކޮށްފި އެވެ.

ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ހާރިސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ޏ. ފުވައްމުލަކު ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިއަދު މެންދުރު ފަށަން ހަމަޖެއްސުމަށް ފަހު އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ހާރިސް މަރާލީ މަސްތުވާތަކެތި ދުރުވުމަށް އޭނާ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭނާ އެވަގުތު އުޅެމުން ދިޔައީ މަސްތުވާތަކެތިން ދުރުވުމަށް މަސައްކަތް ކުރާ މީހުން ތިބޭ ތަނެއް ކަމަށްވާ ހުޅުމާލޭ ހާފްވޭ ހައުސް އެވެ. އޭނާ މަރުވީ އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.