މިދިޔަ ރޯދަ މަހު ބިދޭސީއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ ޝެފެއް ކަމަށްވާ މުހައްމަދު އާބިދު ދައުވާއަށް އިންކާރުކޮށް، އޭނާ މަރާލެވުނީ ދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ދެވުނު ހަމަލާއަކުން ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
26 ޖޫން 2022
މިދިޔަ ރޯދަ މަހު ބިދޭސީއަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ ޝެފެއް ކަމަށްވާ މުހައްމަދު އާބިދު ދައުވާއަށް އިންކާރުކޮށް، އޭނާ މަރާލެވުނީ ދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ދެވުނު ހަމަލާއަކުން ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގައި މިދިޔަ ރޯދަ މަހު ހިނގި ހަމަނުޖެހުމެއްގައި ވަޅިން ހަމަލާދީ މަރާލީ އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހެކެވެ. އޭނާ މަރާލި މައްސަލާގައި، ޕާކިސްތާނު ކައްކާއެއް ކަމަށް އާބިދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ވަނީ ފަށައިފަ އެވެ.
އާބިދަށް ލިބިގެންވާ ހައްގުތައް ތަރުޖަމާނަކު މެދުވެރިކޮށް ދިނުމަށްފަހު ދައުލަތުން އިއްވި ދައުވާގައިވާ ގޮތުން ހާންޖީ ރެސްޓޯރެންޓްގެ ބަދިގޭގައި ބަންގްލަދޭޝް މީހާއަށް އާބިދު ހަމަލާދީ މަރާލީ އޭނާގެ ބޮލަށާއި މެޔަށް ހަމަލާދީގެންނެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ، މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށް ދައުލަތުން ބުންޏެވެ.
އާބިދުގެ ވަކީލް އިބްރާހިމް އަލީ ވިދާޅުވީ ދައުވާ ސާފުވެއްޖެ ކަމަށާއި އެ ދައުވާއަށް އިންކާރުކުރާ ކަމަށެވެ.
އިންކާރުކުރާ ސަބަބަކީ ކޮބައިތޯ އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ސުވާލު ކުރެއްވުމުން ވަކީލް އިބްރާހިމް ވިދާޅުވީ އެ ހާދިސާ ހިނގި ވަގުތު ދެ މީހުންގެ ދެމެދުގައި ހިނގި މާރާމާރީގައި އާބިދުގެ ބޮލުގައި ބަންގްލަދޭޝް މީހާ ޖެހުމުން އާބިދު ހުރީ ބޯ ބުރާންތިވެފައި ކަމަށެވެ. އެހެންވެ، ވަޅިން ހަމަލާދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށާއި ހަމަލާދެވުނުއިރު އެ ބޭނުން ކުރެވުނީ ވަޅިއެއްކަން އާބިދަށް ނޭނގޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
"ގަސްދުގައި މީހަކު މެރި ކަމަށް ދައުވާގައި އޮތީ. މީހަކު މެރުމުގެ ގަސްދުގައި، ގަސްދުގައި މީހަކު މަރާފައި ނުވާނެތީވެ އޭނާ އިންކާރު ކުރަނީ،" ވަކީލް ވިދާޅުވި އެވެ.
ބިދޭސީ މީހާ މަރާލި ރެސްޓޯރެންޓް ސަރަހައްދު ބަންދުކޮށްފައި -- ފޮޓޯ/މިހާރު
އާބިދު ދައުވާއަށް އިންކާރު ކުރުމުން އޭނާއާ ދެކޮޅަށް ހުށަހަޅާ ހެކިތައް ހާމަކުރި އެވެ. އެ ލިސްޓުގެ ތަފްސީލަކަށް ނުދެ އެވެ. އޭގެ ތެރެއިން ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓެއް ސިއްރުކުރަން ދައުލަތުން އޮތީ އެދިފަ އެވެ.
ދައުލަތުގެ ހެކިންގެ ތެރޭގައި ބިދޭސީން ތިބުމުން، އެ މީހުންގެ ހެކިބަސް ދުރާލާ ނެގުމަށް ދައުލަތުން އޮތީ އެދިފަ އެވެ. ހެކިބަސް ނެގުމުގެ މަރުހަލާ ނުފެށުނަސް، ފަހަށް ރައްކާތެރިކުރެވޭ ގޮތަށް ހެކިބަސް ނެގުމުގެ ފުރުސަތު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އޮވެ އެވެ.
ގާޒީ ޝަފީއު ވެސް ވިދާޅުވީ އެ ފުރުސަތު ދޭން ނިންމަވާ ކަމަށެވެ. އެހެންވެ، އަންނަ މަހުގެ ދެވަނަ ދުވަހު 11 މީހެއްގެ ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އާބިދުގެ ދިފާއުގައި ހެކި ހުށަހަޅަން ބޭނުންވޭތޯ ސުވާލު ކުރެއްވުމުން ވަކީލް އިބްރާހިމް ވިދާޅުވީ ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ ފުރުސަތެއް ބޭނުންވާ ކަމަށެވެ. ދިފާއީ ހެކި ހުރެއްޖެ ނަމަ، އެ މުއްދަތުގައި ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަލާދިނުމަށްފަހު އާބިދު ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ ހުޅުމާލޭ ދެވަނަ ފޭސްގެ ބީޗުންނެވެ.
ރެސްޓޯރެންޓެއްގައި މީހަކު މަރާލި މައްސަލަ ނިމުމަކާގާތަށް
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
ހާރިސްގެ މަރުގެ ދައުވާލިބުނު މީހާ ސަލާމަތްވެއްޖެ
ހާރިސްގެ މަރުގެ މައްސަލާގެ ހުކުމް އިއްވުން ފަސްކޮށްފި
އާބިދުގެ މައްސަލަ:ހެއްކަކު ދޮގުހެކި ދިންކަމަށް ތުހުމަތު
މަރުގެ ތުހުމަތުވާ ޝެފްގެ ބަންދަށް އިތުރު 15 ދުވަސް
ޝެފް ފިލަން މާލެ ދިޔަ، ރިޕޯޓްކުރީ ހޮސްޕިޓަލުން
މަރާ ގުޅިގެން ހޯދަމުންދިޔަ ޝެފް ހައްޔަރު
ބިދޭސީ މީހާގެ މަރު: ތުހުމަތުވާ ޕާކިސްތާނު މީހާ ހޯދަނީ
ޝެފް ކުރިން ވެސް މާރާމާރީ ހިންގި، ތިންތަނަށް ވަޅިިހެރި