12 ޖުލައި 2016
މިދިޔަ އީދު ބަންދާ ދިމާކޮށް ޖުމްލަ ފަސް މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
މިދިޔަ އީދު ބަންދާ ދިމާކޮށް ޖުމްލަ ފަސް މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
އެ ބޭންކުން "މިހާރު" އަށް ދިން ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އީދު ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ފުރި މީހުންނަށް ރޯދަ މަހުގެ ފަހު އަށް ދުވަހު ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ވިއްކާފައިވެ އެވެ. އެގޮތުން ޖުމްލަ 4،000 ކަސްޓަމަރުންނަށް އެ ބޭންކުން ޑޮލަރު ވިއްކާފައިވެ އެވެ.
ރާއްޖެއިން ބޭރަށް ފުރާ ޕެސެންޖަރުންނަށް ބޭންކުތަކުން ވިއްކަނީ ބޮލަކަށް 500 ޑޮލަރުގެ ރޭޓުންނެވެ.
"އެ މުއްދަތުގެ ތެރޭގައި ދުވާލަކު 500 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ޑޮލަރު ވިއްކި. އެގޮތުން ޖުމްލަ 4،000 އަށްވުރެ ގިނަ ކަސްޓަމަރުން ޑޮލަރު ގަނެފައިވޭ. އަދި ޑޮލަރު ވިއްކާ މަރުކަޒު [ބާޒާރު ބްރާންޗް] ގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ވަރަށް ގިނަ ވަގުތުތައް އެންމެ ފަހު ދުވަސްތަކުގައި މަސައްކަތްކުރި،" ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނި ގޮތުގައި މިމަހުގެ ފުރަތަމަ ދިހަ ދުވަހު ކަސްޓަމަރުން ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި 3.4 މިލިއަން ޑޮލަރު (52.4 މިލިއަން ރުފިޔާ) ގެ ވިޔަފާރިކޮށްފައިވެ އެވެ. ބީއެމްއެލްގެ ވިސާ ކޭޝް ކާޑު ބޭނުންކޮށްގެން ދުވާލަކު 600 ޑޮލަރުގެ ވިޔަފާރިކުރެވޭއިރު އޭޓީއެމްތަކުން 400 ޑޮލަރަށްވާ ފައިސާ ނެގެ އެވެ.
ބީއެމްއެލް އިން މިދިޔަ ރޯދަމަހުގެ ތެރޭގައި ހިދުމަތް ދިން ވަގުތު އެހެން ބޭންކުތަކަށް ވުރެ އިތުރުކޮށްފައިވެ އެވެ. އެގޮތުން އެ ބޭންކުގެ މެއިން ބްރާންޗުން ވަނީ ރޯދަމަހުގެ ހެނދުނު 10:30 ން މެންދުރުފަހު 3:00 އަށް ހިދުމަތްދީފަ އެވެ.
އެ ބޭންކުން 265،000 ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް މާލެ އާއި އަތޮޅުތަކުގައި 29 ބްރާންޗް ހުޅުވާފައިވެ އެވެ.
1،000 ޑޮލަރުގެ ބަދަލުގައި ދެން ދޭނީ ސްޓައިޕެންޑް
ކާޑުތަކުގެ ޑޮލަރު ލިމިޓު 90 ޕަސެންޓަށް ކުޑަކުރަނީ
"ކާޑު ލިމިޓު ކަނޑާނުލެވެނީ ޑޮލަރު މައްސަލައާ ހެދި"
ޑޮލަރު އޭޓީއެމް ސެންޓަރު ސްޓާ ކްލައުޑަށް ބަދަލުކުރަނީ
ބީއެމްއެލްގެ އެކައުންޓުތަކުން ޑޮލަރުގެ ލިމިޓް އުވާލައިފި
ލިކުއިޑިޓީ ހަމަޖައްސަން 90 މިލިއަން ހޯދިން: ޓިމް
ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދަނީ
އޭޓީއެމްތަކުން 300 މިލިއަން ޑޮލަރު ނެގި: ބީއެމްއެލް
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް
ވިޔަފާރިތަކަށް ބީއެމްއެލްގެ ބިޒްނަސް ޕްރިޕެއިޑް ކާޑެއް