ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމަކަށް ވަޑައިގެންނެވި ސަލީމް މަގާމުން ވަކިކުރެއްވި ސަބަބެއް ނޭނގެ އެވެ.
ސަރުކާރުގެ ރަސްމީ ބަހެއް މިކަމާ ގުޅޭ ގޮތުން އަދިއެއް ނުލިބެ އެވެ. ސަލީމް ވެސް ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ސަލީމް މަގާމުން ވަކިކުރެއްވިއިރު، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ޓީމުގައި، ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމްގެ އަރިހުގައި ސަލީމް އަމަލީ ގޮތުން އުޅުއްވާތާ ދެ މަހެއްހާ ދުވަސް ވަނީ ވެފަ އެވެ. އަދި ފަސްޓް ލޭޑީ މިދިޔަ ހަފުތާގައި އއ. އަތޮޅަށް ކުރެއްވި، ރައީސް ޔާމީންގެ ކެމްޕެއިން ދަތުރުފުޅުގައި ވެސް ސަލީމް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައިވެ އެވެ.
ސަލީމް ވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2016 ގައި ބޭއްވި ހަރަކާތުގައި ހޯމް މިނިސްޓްރީގެ ފަރާތުން އިސްވެ ހަރަކާތްތެރިވެވަޑައިގެންފަ އެވެ. އަދި ގައުމީ އެކި މުނާސަބަތުތައް ފާހަގަކުރުމަށް ހޯމް މިނިސްޓްރީން ބާއްވާ ތަފާތު ހަރަކާތްތަކުގައި ވެސް އިސްކޮށް ހުންނެވީ ސަލީމެވެ.
ސަލީމަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަރިހުގައި ސިޔާސީ ހަރަކާތައް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. އެކަމަކު މިނިސްޓަރުކަމުން އުމަރު އިސްތިއުފާ ދެއްވި ފަހުން އުމަރުގެ އަރިހުން މިހާތަނަށް ސަލީމެއް ނުފެނެ އެވެ.
ހޯމް މިނިސްޓްރީގެ ނައިބަކަަށް އަޝްރަފް
ރައީސްގެ އެޑްވައިޒަރަކަށް ޝިހާބު
ހޯމް މިނިސްޓްރީގެ ޑިރެކްޓަރަކަށް ހަފްސީ
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝިފާގް
ޖެންޑަ މިނިސްޓްރީގެ ޝަކީބް ހޯމް މިނިސްޓްރީ އަށް
ހޯމް މިނިސްޓަރު ކަމަށް އަޒްލީން ހަމަޖައްސަވައިފި
މާފަށް އެދުނު ވައްޑެ ސްޓޭޓް މިނިސްޓަރަކަށް!
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
ސިޔާސީ މަގާމުތަކުގެ އަދަދު ގާނޫނަކުން ކަނޑައަޅަނީ!
ސިޔާސީ މުވައްޒަފުންގެ މައުލޫމާތުގެ މައްސަލަ ކޯޓަށް