21 ޖެނުއަރީ 2018
ވިލާ ކުންފުނީގެ ހަތަރު ރިސޯޓެއްގައި ހުރި ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަން ނިންމި މައްސަލަ ވިލާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ވިލާ ކުންފުނީގެ ހަތަރު ރިސޯޓެއްގައި ހުރި ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަން ނިންމި މައްސަލަ ވިލާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ އެހީތެރިކަމާއެކު، ކަސްޓަމްސްއިން ވަނީ ވިލާގެ ފަން އައިލެންޑް ރިސޯޓަށް އިއްޔެ އަރައި ގިނަ އަދަދެއްގެ ރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ވިލާގެ އެހެން ތިން ރިސޯޓެއް ކަމަށްވާ ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓަށް އަރައި އެތަންތަން ފާސްކޮށް، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ބަނގުރާފުޅި ގެންދާނެ ކަން އަންގައިފަ އެވެ.
ވިލާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ، ކްރިމިނަލް ކޯޓަށް އިއްޔެ މަައްސަލަ ހުށަހެޅީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން، ކަސްޓަމްސްއިން ގެންދަން ނިންމި ރާ ފުޅިތައް އަނބުރާ ހޯދުމަށް ކަމަށެވެ. އެކަމަކު އެ މައްސަލަ ކޯޓުން ބަލައިގަތް ކަމެއް އަދި ނޭނގެ އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން މުދަލެއް ހިފަހައްޓާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ގަބޫލު ކުރެވޭ ނަމަ އެ މުދަލެއް އަނބުރާ ހޯޯދަން ކޯޓަށް ހުށަހެޅިދާނެ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރަކާއެކު ވިލާގެ ހަތަރު ރިސޯޓަކަށް ކަސްޓަމްސްގެ އޮފިސަރުން އަރައި، ބަލައި ފާސްކުރިޔަސް އެއްވެސް މުދަލެއް ގެންދެވޭނެ ކަމަށް އަމުރުގައި ބުނެފައި ނެތުމުން، އެއްވެސް މުދަލެއް އެ ރިސޯޓުން ނުގެންދެވޭނެ ކަމަށާއި އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ވިލާއިން ދެކެ އެވެ.
ވިލާއިން ބުނެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ރިސޯޓުތަކުގައި ތިއްބާ، އެތަނުގައި ހުރި ރާ ގެންގޮސްފި ނަމަ ރިސޯޓްތައް ހުއްޓުމަކަށް އައިސްދާނެ ކަމަށެވެ. އޭގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވެ، އެތައް ބައެއްގެ ވަޒީފާއަށް ހުރަސް އެޅިގެން ދިއުމުގެ ބިރު ވެސް އެބައޮތް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަނީ
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ
ވިލާގެ މުދާ ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި
އޮޕަރޭޝަން ހިންގަނީ ސުލްހަވެރިކަމާއެކު: ކަސްޓަމްސް
ރާ އެތެރެކުރުމަށް ރޯޔަލްއަށް ދިން ހުއްދަ ހިފަހައްޓައިފި
ފަންއައިލެންޑުން ގިނަ އަދަދެއްގެ ރާ ގެންގޮސްފި
ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ: ވިލާ
ކަސްޓަމް އޮފިސަރުންގެ ނަންތައް ހާމަކުރި މައްސަލަ ބަލަނީ