ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އިން ހިންގާ ރިސޯޓްތަކަށް އަރައި، އެ ރިސޯޓްގައި ހުރި އޫރުމަހާއި ގިނަ އަދަދެއްގެ ރާ، ގާނޫނާ ޚިލާފަށް ގެންދިޔަ ކަމަށް ތުހުމަތުކޮށް ކަސްޓަމްސްގެ އޮފިސަރުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަން އެ އިދާރާ އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އިން ހިންގާ ރިސޯޓްތަކަށް އަރައި، އެ ރިސޯޓްގައި ހުރި އޫރުމަހާއި ގިނަ އަދަދެއްގެ ރާ، ގާނޫނާ ޚިލާފަށް ގެންދިޔަ ކަމަށް ތުހުމަތުކޮށް ކަސްޓަމްސްގެ އޮފިސަރުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަން އެ އިދާރާ އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ކަސްޓަމުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ގަވައިދާ ހިލާފަށް ރާ އެތެރެކުރި ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން އެ ރިސޯޓުގެ އިތުރުން އެހެން ހަތަރު ރިސޯޓަކަށް އެރީ ދޮގު މައުލޫމާތު ދީގެން ހޯދި ކޯޓު އަމުރަކުން ކަމަށް ބުނެ ވިލާ ޝިޕިންގުން ނެރުނީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށެވެ.
ކަސްޓަމްގެ ބަޔާނުގައި ބުނެފައި ވަނީ ވިލާ ޝިޕިންގެ މުދާ ގެންދިޔައީ ގަވައިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް އަދި އެއީ އެ ކުންފުންޏާ ދެކޮޅަށް ހިންގި ޖަރީމާއެއްގައި ބައިވެރިވުން ކަމަށް ތުހުމަތުކޮށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ތަހުގީގުކުރުމަށް ބާރުއަޅައި ނެރުނު ބަޔާނުގައި ކަސްޓަމްސްގެ ވަކިވަކި އޮފިސަރުންގެ ނަންތައް ހާމަކޮށްފައިވާތީ ވަރަށް ބޮޑަށް އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ކަސްޓަމުން ފުލުހުންނަށް ހުށަހެޅިއިރު، ވިލާގެ ރިސޯޓުތަކަށް އެރި ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ވިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ރިސޯޓުތަކަށް އަރައި އެ ކުންފުނީގެ މުދާ ގެންދިއުމުގެ ޖަރީމާގައި ބައިވެރިވި ދައުލަތުގެ މުވައްޒަފުން ގާނޫނީ ގޮތުން ޒިންމާދާރުކުރުވައި ހައްގު އަދަބު ދިނުމަކީ ގައުމުގެ ހައްގުގައި އަދާކުރަންޖެހޭ ވާޖިބެއްކަމުގައި ދެކޭ ކަމަށެވެ. އެހެންވެ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަސްޓަމްސްގެ 37 މުވައްޒަފަކާއި ހަތް ފުލުހެއްގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ އެ 44 މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް އާއްމުކޮށްފަ އެވެ.
ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަނީ
ވިލާގެ މުދާ ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
އޮޕަރޭޝަން ހިންގަނީ ސުލްހަވެރިކަމާއެކު: ކަސްޓަމްސް
ފަންއައިލެންޑުން ގިނަ އަދަދެއްގެ ރާ ގެންގޮސްފި
ގާސިމްގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް ދޫކުރަން ފަށައިފި
ހާސްކަމުގެ ތެރޭގައި ޝަކުވާތަކާ އެކު!
މައްސަލަތައް ހައްލު ކުރަން މަޓީއާ މަޝްވަރާ ކުރަނީ