Roadha Mihaaru

ހޮޅިއެއް ފަޅައިގެން ދިއުމުން ހެންވޭރުގެ ބަޔަކުން ފެނުގެ ހިދުމަތް ކެނޑިއްޖެ

މާލެ-ހުޅުލެ ބްރިޖުގެ މަސައްކަތެއް މިރޭ ކުރަނިކޮށް، ހޮޅިއެއް ފަޅައިގެން ގޮސް ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް ކެނޑިއްޖެ އެވެ.

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ފެން ކެނޑިއްޖެ

މާލެ-ހުޅުލެ ބްރިޖުގެ މަސައްކަތެއް މިރޭ ކުރަނިކޮށް، ހޮޅިއެއް ފަޅައިގެން ގޮސް ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް ކެނޑިއްޖެ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ކުޑަކުދިންގެ ބަގީޗާއިން ފެށިގެން އެ ސަރަހައްދާ ދިމާލުން މަޖީދީ މަގުގެ ބައެއް ހިސާބުތަކުން މިހާރު ފެނުގެ ހިދުމަތް ކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެން ކުންފުނިން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

"މިރޭ ފަތިސް ވާންވާއިރަށް ހުރިހާ ގެތަކަށް ފެން ލިބޭވަރުވާނެ ކަމަށް މިބަލަނީ. މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.