24 ޖެނުއަރީ 2018
އޯ ލެވެލް އިމްތިހާނުގެ އިސްލާމާއި ދިވެހިން އޭ ސްޓާ ދޭން ފެށުމާއެކު، މި އަހަރުން ފެށިގެން ގައުމީ ގަދަ 10 ހޮވާ އުސޫލަށް ބަދަލުތަކެއް އަތުވެއްޖެ އެވެ.
އޯ ލެވެލް އިމްތިހާނުގެ އިސްލާމާއި ދިވެހިން އޭ ސްޓާ ދޭން ފެށުމާއެކު، މި އަހަރުން ފެށިގެން ގައުމީ ގަދަ 10 ހޮވާ އުސޫލަށް ބަދަލުތަކެއް އަތުވެއްޖެ އެވެ.
މީގެ ކުރިން ހަމަޖައްސާފައިވާ ގޮތުން އޭ އަދި އޭ ސްޓާ ހޯދާ ދަރިވަރުންނަށް ޕޮއިންޓް ލިބޭނީ އެއް ވަރަކަށެވެ. އެހެންކަމުން ހުރިހާ މާއްދާއަކުން އޭ ސްޓާ އަދި ހުރިހާ މާއްދާއަކުން ވެސް އޭ ހޯދާ ދަރިވަރުން ހިމެނެނީ އެއް ވަނައިގަ އެވެ.
ގަދަ 10 ހޮވާ އުސޫލު ބަދަލުކޮށް މިދިޔަ އަހަރުގެ މާޗު މަހު ވަނީ އާއްމުކޮށްފަ އެވެ. އެހެންވެ މިދިޔަ އަހަރުގެ އޮކްޓޯބަރާއި ނޮވެމްބަރުގައި އިމްތިހާނު ހެދި ދަރިވަރުންގެ ވަނަތައް ހޮވާނީ އާ އުސޫލުގެ ދަށުންނެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ގަދަ 10 ހޮވާ އުސޫލަށް ގެނައި ބަދަލުތައް 2016 ވަނަ އަހަރު ސްކޫލުތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
އޭ ސްޓާ އާއެކު އޯލެވެލްގެ ގަދަ 10 ހޮވާ އުސޫލަށް ބަދަލު އައި ނަމަވެސް، ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު ނިސްބަތުން މަދެއް ނުވާނެ ކަން ފާހަގަކުރެއްވި އެވެ. ނަމަވެސް އެއް ވަނައިގައި ހިމެނޭ ދަރިވަރުންގެ އަދަދަށް ބަދަލުތަކެއް އަންނާނެ ކަން ޝަފީއު ކުރިން ފާހަގަކުރެއްވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ގަދަ 10 ހޮވާ އުސޫލު ބަދަލުކުރީ އޭ ސްޓާ ހޯދާ ދަރިވަރުންގެ ފެންވަރު އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
އޯ ލެވެލް ނަތީޖާގެ ތަފާސްހިސާބުތައް އަދި ނުލިބުނަސް، މިިދިޔަ އަހަރު ދަރިވަރުން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދާފައިވާކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ ފާހަގަކުރައްވައިފަ އެވެ.
އޭ ލެވެލްގެ ގަދަ 10 ހޮވާ އުސޫލު ވެސް މިދިޔަ އަހަރު ބަދަލުކޮށްފައި ވެ އެވެ. ރައީސްގެ ސްކޮލަޝިޕް ދެން ލިބޭނީ ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ.
މިިދިޔަ ފަސް އަހަރުގެ ތެރޭގައި އޯ ލެވެލްގެ ގަދަ 10ގެ ނަތީޖާ އަށް ބަލާއިރު އެންމެ ތަފާތު ބޮޑު ނަތީޖާ ނެރެފައިވަނީ 2016 ވަނަ އަހަރެވެ. އެގޮތުން 2012 ވަނަ އަހަރު ގަދަ 10ގައި 426 ކުދިން ހިމެނުނު އިިރު 2013 ވަނަ އަހަރު އެ އަދަދު އުޅެނީ 478ގަ އެވެ. އަދި 2014 ވަނަ އަހަރު ވަނީ އެ އަދަދު 475 އަށް ދަށަށް ގޮސްފަ އެވެ. އެކަމަކު 2015 ވަނަ އަހަރު 504 ދަރިވަރުން ގަދަ 10ގައި ހިމެނެނު 2016 ވަނަ އަހަރު 100 އަށް ވުރެ ގިނަ ދަރިވަރުން އިތުރަށް ހިމެނިފައި ވެ އެވެ.
ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ 37 ދަރިވަރުން
އޯ ލެވެލްގެ ނަތީޖާއިން ކުރިއެރުންތަކެއް ވަނީ ހޯދާފައި
ހަފުލާގައި އެވޯޑް ދޭނީ ގަދަ ތިނަކަށް އެކަނި!
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
އާ ރެކޯޑަކާ އެކު ގަދަ 10 އަށް 600 އެއްހާ ކުދިން
ދުނިޔޭގެ ގަދަ 10 ގައި ދިވެހި 40 ދަރިވަރުން
އޯލެވެލް ގަދަ 10ގެ ހަފުލާ އަންނަ މަހު ބާއްވަނީ
މަޖުބޫރު މާއްދާތަކުގެ ތެރެއިން ދިވެހި ފިޔަވައި އެހެން މާއްދާތަކުން ކުރިއެރުން
އޯ ލެވެލްގެ ދެބައިކުޅަ އެއްބައި ދަރިވަރުން ފާހެއްނުވޭ
އޯ ލެވެލް ނަތީޖާ: ރަށްރަށުގެ ވިދުން ގަދަ އަހަރެއް!