Roadha Mihaaru
ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ 37 ދަރިވަރުން

ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ 37 ދަރިވަރުން

24 އޯގަސްޓް 2022

އޯ ލެވެލް އާއި އޭ ލެވެލްގެ ދުނިޔޭގެ އެއްވަނައިގައި ރާއްޖޭގެ 37 ދަރިވަރުން ހިމެނިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޯ ލެވެލް އާއި އޭ ލެވެލްގެ ދުނިޔޭގެ އެއްވަނައިގައި ރާއްޖޭގެ 37 ދަރިވަރުން ހިމެނިއްޖެ އެވެ.

މިދިޔަ އަހަރުގެ މެއި/ޖޫން މަހު އޯ ލެވެލް އިމްތިހާނު ހެދި 5،955 ދަރިވަރުންގެ ތެރެއިން 757 ދަރިވަރުން ވަނީ ގަދަ 10 ގައި ހިމެނިފަ އެވެ. މިއީ، މީގެ ތިރީހަކަށް އަހަރު ކުރިން ގަދަ 10 ހޮވަން ފެށި ފަހުން އެ ލިސްޓަށް އެންމެ ގިނަ ދަރިވަރުން އެރި ފަހަރެވެ.

ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން އެއްވަނައިގައި 28 ދަރިވަރުން ހިމެނިފައިވެ އެވެ.

އޯ ލެވެލްގައި 13 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެކި ވަނަތައް ހޯދައިފަ އެވެ. ވަކި ވަރަކަށް ވުރެ މަތިން މާކްސް ހޯދައިގެން ހަ ދަރިވަރަކަށް ހައި އެޗީވްމަންޓް އެވޯޑު ލިބިފައިވާއިރު، ދެ ދަރިވަރަކަށް ދުނިޔެއިން އެއްވަނަ ލިބިފައިވެ އެވެ.

ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުން

- އިނގިރޭސި މާއްދާއިން: މުހައްމަދު ނާއިލް، ނ. ހެނބަދޫ ސްކޫލު

- ޓްރެވެލް އެންޑް ޓޫރިޒަމް: ސުލަފް މޫސާ ލަތީފު، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު

އެ އަހަރު 2،642 ދަރިވަރުން އޭ ލެވެލް ހެދި އެވެ. އޭގެ ތެރެއިން 348 ދަރިވަރަކު ރާއްޖޭގެ ގަދަ 10 ގައި ހިމެނި، ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި ހަ ދަރިވަރަކު އެއްވަނައިން ޖާގަ ހޯދާފައިވެ އެވެ. ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން 52 ވަނައެއް 41 ދަރިވަރަކު ވަނީ ހޯދައިފަ އެވެ. އަދި 35 ދަރިވަރަކު ވަނީ މާއްދާތަކުން އެއް ވަނަ ހޯދައިފަ އެވެ.

އޭ ލެވެލް އިން ރާއްޖެއިން އެއްވަނަ

- އައިން އަލީ ރަޝީދު، ސީއެޗްއެސްއީ

- ޝާނީ ޝަމީމް، ސީއެޗްއެސްއީ

- މަރިޔަމް މަލްސާ އަލީ، ސީއެޗްއެސްއީ

- މައާނީ މުއާވިޔަތު ޝަރީފް، ސީއެޗްއެސްއީ

- އާމިނަތު ނޫހާ ނިމާލް، ސީއެޗްއެސްއީ

- އާމިނަތު އިބާ އާދަމް، ޖަލާލުއްދީން ސްކޫލު، ހދ. ކުޅުދުއްފުށީ

އޭ ލެވެލް އާއި އޯ ލެވެލްގެ ގަދަ 10ގައި 1،105 ދަރިވަރުން ހިމެނުމުން އެ ކުދިންނަށް އިނާމު ދޭން ނިންމާފައިވަނީ ދެ ރެއަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ބެޗުގެ ދަރިވަރުންނަށް މިރޭ އަދި ބާކީ ތިބި ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ރަސްމިއްޔާތު ދަރުބާރުގޭގައި މާދަމާ ރޭ އޮންނާނެ އެވެ.