Roadha Mihaaru
އަލީ ޒާހިރާއި ދެ ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި

އަލީ ޒާހިރާއެކު އިތުރު ދެ ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި

24 ޖެނުއަރީ 2018

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި އިތުރު ދެ ވަކީލެއްގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި އިތުރު ދެ ވަކީލެއްގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ސަސްޕެންޝަން އުވައިލީ އަލީ ޒާހިރުގެ އިތުރުން ސަޝްމާ އަބްދުއްރައްޒާގާއި ޝަހްރާ މޫސާގެ ސަސްޕެންޝަނެވެ.

އެ ޑިޕާޓްމަންޓުން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ތިން ބޭފުޅުންގެ މައްސަލަ ބެލުމަށް ފަހު، ރާއްޖޭގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުން މަނާ ކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ. އެކަމަކު، އޭގެ އެއްވެސް ތަފްސީލެއް ޑީޖޭއޭ އިން ނުބުނެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 54 ވަކީލަކު ސަސްޕެންޑް ކުރުމަށް ފަހު އެކި ފަހަރު މަތިން 44 ވަކީލެއްގެ ސަސްޕެންޝަން މީގެ ކުރިން ވަނީ އުވާލައިފަ އެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑު ކުރުމުން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކާއި ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ.

ޑީޖޭއޭ އިން އެ ވަކީލުން ސަސްޕެންޑްކުރީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފް ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއި ކުރި ކަމަށް ބުނެ އަދި ފަނޑިޔާރުންނާއި ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ސުޕްރީމް ކޯޓު ކައިރި އަށް އެއްވި ކަމަށް ބުނާ މައްސަލައެއް ބެލުމަށް ފަހު އެވެ.