Roadha Mihaaru
އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި

އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި

22 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިނަށް ފަސް މަސް ވަންދެން އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެއްވޭ ގޮތަށް މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިނަށް ފަސް މަސް ވަންދެން އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެއްވޭ ގޮތަށް މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން ފަސް މަހަށް އަލީ ހުސައިން ސަސްޕެންޑް ކުރީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ނިންމުމެއް ނިންމަންޖެހޭ ތަނެއް ނެތް ކަމަށް އޭނާއާ ހަވާލާދީ މީޑިއާއެއްގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެން ކަމަށެވެ.

އެކަމާ ބެހޭގޮތުން އަލީ ހުސައިނާ ސުވާލުކޮށް، ބަޔާން ނެގުމަށް ފަހު، އޭނާގެ އެ އަމަލަކީ ވަކީލުންނާ ބެހޭ ގަވާއިދާ ޚިލާފް އަމަލެއް ކަމަށް ވާތީ ފަސް މަހަށް އޭނާ ސަސްޕެންޑް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ކަމަށް އެ އިއުލާނުގައިވެ އެވެ.

މީގެ ކުރިން ވެސް އަލީ ހުސައިން ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައިވެ އެވެ.

އަލީ ހުސައިންގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް މިހާރު ހުންނެވީ ހަތަރު މަހަށް ސަސްޕެންޑް ކޮށްފަ އެވެ.