Roadha Mihaaru
"ބޭނުން މީހަކު އިހްތިޔާރު ކުރުމުގެ ފުރުސަތު ދޭންޖެހޭ"

ބޭނުން މީހަކު އިޚުތިޔާރު ކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބެންޖެހޭ: ޑޯރިސް

25 ޖެނުއަރީ 2018

ޑިމޮކްރެސީގެ އުސޫލަކީ ބޭނުން މީހަކު އިޚުތިޔާރު ކުރުމުގެ މިނިވަންކަން އޮތުން ކަމަށާއި ދިވެހިން ބޭނުންވާ ފަދަ ލީޑަރަކު ކަނޑައެޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޑޯރިސް އެގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހަ މަސް ވަންދެން ބަންދުގައި ހުރުމަށް ފަހު، ކޯޓުން މިއަދު އޭނާ މިނިވަން ކުރުމުން ކުރެއްވި ޓްވީޓެއްގަ އެވެ.

ޑޯރިސްގެ ޓްވީޓް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މިނިވަންވުމާ ގުޅިގެން އުފާ ކުރައްވާ ކަމަށް ވިދާޅުވެ، އެ ޓްވީޓްގައި ޑޯރިސް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލޭ ފަދަ ހުކުމްތައް ބައެއް ލީޑަރުންގެ މައްޗަށް އައިސްފައިވާ ކަމަށެވެ. އެގޮތުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިސާލެއްގެ ގޮތުން އެ ޓްވީޓްގައި ޑޯރިސް ފާހަގަ ކުރައްވާފައިވެ އެވެ.

ޑޯރިސް މީގެ ކުރިން ވެސް ވަނީ އިދިކޮޅު ބައެއް ލީޑަރުން ބަންދުގައި ތިއްބަވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.