Roadha Mihaaru
ޑިމޮކްރަސީ ފައްކާވާ މަންޒަރު ދެކެން ބޭނުން: ޑޯރިސް

ރާއްޖޭގައި ޑިމޮކްރަސީ ފައްކާވާ މަންޒަރު ދެކެން ބޭނުން: ޑޯރިސް

06 އެޕްރީލް 2017

އެކުވެރިއެއްގެ ހައިސިއްޔަތުން ރާއްޖޭގައި ޑިމޮކްރަސީ ފައްކާވާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންވާ ކަން، ފިޝަރީޒް މިނިސްޓަރު އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ސަރުކާރުން ކަނޑައަޅާފައިވާ އިސް މަންދޫބު ޑރ. މުހައްމަދު ޝައިނީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ހަނދާން ކޮށްދެއްވާފައިވާ ކަމަށް އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު، ޑޯރިސް ވަނީ މާލެ ވަޑައިގެން ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތަކާ ބައްދަލުކުރައްވައި މައުލޫމާތު ހޯއްދަވައިފަ އެވެ.

އެ ބައްދަލުވުންތަކާ ގުޅޭގޮތުން، ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ މެދު އިނގިރޭސި ވިލާތުގެ މާބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށެވެ. މި ސަރުކާރުން ޑިމޮކްރަސީ އަށް ކުރާ މަސައްކަތްތައް ތާއީދުކޮށް އެއްބާރުލުން ދޭނެ ކަމަށް ޑޯރިސް ވިދާޅުވެފައިވާ ކަމަށް ޝައިނީގެ ޓްވީޓްގައި ވެ އެވެ.

ޑޯރިސް ވަނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެއާއެކު އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ބައްދަލުކުރައްވައި، ރައްޔިތުންގެ މަޖިލީހުުގެ މެމްބަރުންނަށް ކުރިމަތިކުރަމުންދާ ބިރުދެއްކުންތަކާއި ރާއްޖޭގެ ހާލަތާ ގުޅޭގޮތުން އެ ޕާޓީތަކުގެ ކަންބޮޑުވުންތައް އޭނާ އެއްސެވި އެވެ.

ޑޯރިސް، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވަނީ: ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ބައްދަލުކުރައްވައި އޭނާ ވަނީ މައުލޫމާތު ހޯއްދަވާފައި.

ޑޯރިސް، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވަނީ: ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ބައްދަލުކުރައްވައި އޭނާ ވަނީ މައުލޫމާތު ހޯއްދަވާފައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރަން ރައްޔިތުންގެ މަޖިލިހުގައި ވޯޓު ކުރިއަށް ގެންދިޔަ ގޮތާ ގުޅޭ ގޮތުން އިނގިރޭސި ވިލާތުން ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިނގިރޭސި އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނާ ގުޅުން ހުރި މުހިންމު ކަންކަން ކުރިއަށް ގެންދާއިރު، މަޖިލީހުގެ އުސޫލުތަކާ އެއްގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ އަސާސެއް ކަމުގައި އެ ގައުމުން ގަބޫލުކުރާ ކަމަށެވެ. ނޫސްވެރިންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކާއި މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ރާއްޖޭގައި ވަނީ ބިރުދެއްކުމާއި ފުރައްސާރައާ ކުރިމަތިވެފައި ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުސޫލުތަކަށް އިހްތިރާމް ކުރުމަށާއި ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އިޔާދަކުރުމަށް ދިވެހި ސަރުކާރަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.