ގާހިރާ (ޖުލައި 13) - އަވިން ދުއްވާ މަތިންދާ ބޯޓު ސޯލާ އިމްޕަލްސް 2 ސްޕޭނުގެ ސެވިއްޔާ އިން ފުރައިގެން 48 ގަޑިއިރުގެ ދަތުރަކަށް ފަހު މިސްރުގެ ގާހިރާގައި މިއަދު ޖައްސައިފި އެވެ.
13 ޖުލައި 2016
ގާހިރާ (ޖުލައި 13) - އަވިން ދުއްވާ މަތިންދާ ބޯޓު ސޯލާ އިމްޕަލްސް 2 ސްޕޭނުގެ ސެވިއްޔާ އިން ފުރައިގެން 48 ގަޑިއިރުގެ ދަތުރަކަށް ފަހު މިސްރުގެ ގާހިރާގައި މިއަދު ޖައްސައިފި އެވެ.
ދެން އޮންނާނީ، މިދިޔަ އަހަރުގެ މާޗް މަހު އަބޫ ދާބީން ފުރި މަތިންދާ ބޯޓު ދުނިޔެ ވަށާ ޖަހާ ބުރުގެ ފަހު މަންޒިލެވެ. ސެވިއްޔާ-ގާހިރާ ސްޓޭޖުގައި ބޯޓުގެ ދަތުރު ފުރިހަމަ ކުރީ ޕައިލެޓް އަންދަރު ބޯޝްބާގު އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރު ކުރާނީ ބޯޓުގެ އަނެއް ޕައިލެޓް ބާޓްރޭންޑް ޕިކާޑެވެ.
ސޯލާ އިމްޕަލްސް މަތިންދާ ބޯޓު ސެވިއްޔާ އިން ނައްޓާލައިގެން ދަތުރުކޮށްފައި ދަނީ. --ފޮޓޯ:ބީބިސީ
މިޝަން މެނޭޖަރުން ބުނީ މިސްރަށް ޖައްސަން ކައިރިވެފައި ވަނިކޮށް ބޯޓުގެ ބެޓްރީ ލެވެލް ފުރަތަމަ ފަހަރަށް ވަނީ 30 ޕަސެންޓަށް ވުރެ ދަށްވެފަ އެވެ. ގާހިރާގައި ބޯޓު އޮންނަ އިރު ބޯޓުގެ ސޯލާ ސެލްތައް މާ ހޫނަށް އެކްސްޕޯޒް ނުކުރުމަށް ތަޖްރިބާކާރުން ބުނެ އެވެ.
ވައިގެ ދަތުރުގެ ތާރީޚުގައި އެންމެ ދިގު ދަތުރެއްކޮށް، ސޯލާ އިމްޕަލްސް 2 ވަނީ ވެސްޓަން އެޓްލާންޓިކް ހުރަސް ކޮށްފަ އެވެ. އެ ދަތުރަށް ހަތަރު ދުވަހާއި 21 ގަޑިއިރު ހޭދަވި އެވެ. އެކަމަކު އެ ދަތުރުގައި ބޯޓުގެ ބެޓަރީ ހަލާކުވުމުން މަރާމާތަށް 10 މަސް ހޭދަވި އެވެ. ބޯޓުގެ ފިޔަގަނޑުގައި ވަނީ އަވިން ހަކަތަ ރައްކާ ކުރުމަށް 17،000 ސެލް ހަރުކޮށްފަ އެވެ. ދުނިޔެ ވަށާ ބުރު ޖެހުމުގެ ރެކޯޑް ހެދުމަށް ބޯޓުގެ ދަތުރު އަބޫ ދާބީން ފެށީ މިދިޔަ އަހަރުގެ މާޗު މަހުގެ 9 ވަނަ ދުވަހު އެވެ. ސާފު ހަކަތަ ޕްރޮމޯޓް ކުރަން ކުރާ މި ދަތުރުގައި ބޭނުންކުރާ ބޯޓުގެ ފިޔަގަނޑު ބޯއިން 747 ގެ ބޯޓެކޭ އެއްވަރެވެ.
އަވިން ދުއްވާ ބޯޓު ދުނިޔެ ވަށާ ތާރީޚީ ބުރުޖައިފި
އަވިން ދުއްވާ ބޯޓުގެ ފަހު މަރުހަލާގެ ދަތުރަށް ފަށައިފި
އަވިން ދުއްވާ ބޯޓު އެޓްލާންޓިކް ހުރަސްކޮށްފި
ހަކަތައިގެ ބިޔަ ޕްރޮޖެކްޓް ހިންގާނެ ބަޔަކު ހޯދަނީ
ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އޭޕްރީލް މަހު ގެންނަނީ
އެސްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓަށް ހުއްދަ ދީފި
ފްލޯޓިން ސޯލާ ޕްރޮޖެކްޓް 2027 އަށް ނިންމަނީ
ފުރާޅުގައި ސޯލާޕެނަލް ހަރުކުރުމުގެ ފުރުސަތު ހުޅުވާލައިފި
އަޖުމަ ބެލުމުގެ ގޮތުން ސޯލާ ފެރީއެއް ބަނދެފި
ހަސަން ހަމީދުގެ ހައްލު: ޕެނަލްތައް މަގުގެ މައްޗަށް!