އިންޑިއާއަށް ދަތުރުކުރާ ޓޫރިސްޓުން އިތުރުކުރުމުގެ ގޮތުން ދިވެހިންނަށް އިލެކްޓްރޯނިކްކޮށް ވިސާ ދޫކުރަން އެ ގައުމުން ނިންމައިފި އެވެ.
13 ޖުލައި 2016
އިންޑިއާއަށް ދަތުރުކުރާ ޓޫރިސްޓުން އިތުރުކުރުމުގެ ގޮތުން ދިވެހިންނަށް އިލެކްޓްރޯނިކްކޮށް ވިސާ ދޫކުރަން އެ ގައުމުން ނިންމައިފި އެވެ.
އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައި ވަނީ އެ ގައުމުން އިތުރު 36 ގައުމަކަށް އިލެކްޓްރޯނިކްކޮށް ވިސާ ދޫކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ.
އެ ނޫހުގައި ބުނެފައި ވަނީ އިންޑިއާ އިން މިހާރު ވެސް 150 ގައުމެއްގެ މީހުންނަށް އިލެކްޓްރޯނިކް ޓޫރިސްޓް ވިސާ ދޫކުރަމުން އަންނަ ކަމަށެވެ. އަދި އަލަށް ހިމަނާ ގައުމުތަކާ އެކު 186 އަށް އިތުރުވާނެ ކަމަށް ވެސް ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވެ އެވެ.
"އަޅުގަނޑުމެން ޖެހޭ ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަން ހުށަހަޅަން. އެ ހުއްދަ ދޫކުރަން ވަކި ވަގުތެއް ކަނޑައެޅިފައެއް ނުވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެ ނޫހުގައި ބުނެފައި ވަނީ އޮންލައިންކޮށް ވިސާ ހޯދަން ހުށަހެޅުމުގެ އިތުރުން ފައިސާ ވެސް ދެއްކޭނެ ކަމަށެވެ. އަދި ހުއްދަ ދޭން ނިންމުމަށް ފަހު، ވިސާ ދިންކަން އީމެއިލް މެދުވެރިކޮށް އަންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އިންޑިއާ އިން ދިވެހިންނަށް އޮންލައިންކޮށް ޓޫރިސްޓް ވިސާ ދޭން ނިންމިއިރު، ދިވެހިންނަށް މިހާރު ވެސް އޮން އެރައިވަލް 30 ދުވަހުގެ ވިސާ ހިލޭ ލިބެ އެވެ.
ވިސާ ލިބުން އެ ބުނާހާ ދައްޗެއް ނޫން: އިންޑިއާ
ވިސާ ދޫކުރުން މަދެއް ނުކުރަން: އިންޑިއާ ހައި ކޮމިޝަން
ދިވެހިންނަށް އިންޑިއާގެ މެޑިކަލްވިސާގެ ލުއިދެވޭތޯ ބަލަނީ
އިންޑިއާ އިން ދިވެހިންނަށް މެޑިކަލް ވިސާ ދޭން ފަށައިފި
އިންޑިއާ ސަފީރު، ރައީސްއާ ބައްދަލު ކުރައްވައިފި
ހެލިކޮޕްޓަރު ޖެއްސީ އިމަޖެންސީ ހާލަތުގައި:ހައި ކޮމިިޝަން
އިންޑިއާއިން ފިޔާ އެތެރެ ކުރަނީ ވަކި އެއްބަސްވުމަކުން
އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކުރަނީ
މި ސަރަހައްދުގެ ސަލާމަތަށް ރާއްޖެ މުހިންމު: މޯދީ
ފުރަތަމަ ހަފުތާ އިންޑިއާ ސިފައިންގެ މައްސަލަ ނިންމަނީ