Roadha Mihaaru

ޓްރިވެންޑްރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސުލް އަލީ އާދަމް ފޮރިން މިނިސްޓްރީއަށް

އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސުލް އަލީ އާދަމް، ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފި އެވެ.

ކޮންސުލް އަލީ އާދަމް ފޮރިން މިނިސްޓްރީއަށް
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

30 ޖެނުއަރީ 2018

އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސުލް އަލީ އާދަމް، ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފި އެވެ.

މީގެ ހަތަރު އަހަރު ކުރިން ފެށިގެން ކޮންސުލްގެ މަގާމުގައި ހުންނެވި އަލީ އާދަމް ފޮރިން މިނިސްޓްރީއަށް ބަދަލު ކުރެއްވިކަން އޭނާ އިއުލާން ކުރެއްވީ ފޭސްބުކްގައި އާއްމު ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވީ މި މަހު 21 އިން ފެށިގެން ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވާފައިވާ ކަމަށާއި އިންޑިއާގައި ހުންނަ ދިވެހި އެމްބަސީގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ލިބުނު އެހީތެރި ކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.