02 ފެބުރުއަރީ 2018
ތެހެރާން (ފެބްރުއަރީ 2) - އީރާނުގައި އޮންނަ ޑްރެސްކޯޑާ ދެކޮޅު ހެދުމުގެ ގޮތުން ބުރުގާ ނާޅާ އުޅުނު 29 އަންހެނަކު ހައްޔަރުކޮށްފި އެވެ.
ތެހެރާން (ފެބްރުއަރީ 2) - އީރާނުގައި އޮންނަ ޑްރެސްކޯޑާ ދެކޮޅު ހެދުމުގެ ގޮތުން ބުރުގާ ނާޅާ އުޅުނު 29 އަންހެނަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރު ކުރި މީހުންގެ މައްޗަށް ވަނީ އާއްމު މަސްލަހަތު ނަގާލަން އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ މީހުން މިހާރު ވަނީ ސްޓޭޓް ޕްރޮސެކިއުޓާ އޮފީހަށް ހަވާލުކޮށްފަ އެވެ. އީރާނުގައި މީގެ ކުރިން ވަނީ ބުރުގާ ބޭލުމަށް ފަހު ދަނޑިގަނޑަކަށް ނަގާ ހޫރަމުން ދިޔަ އަންހެނަކު ހައްޔަރު ކޮށްފަ އެވެ.
ޗީފް ޕްރޮސެކިއުޓާ މުހައްމަދު ޖާފަރު މުންތާޒެރީ ވިދާޅުވީ ބުރުގާ އެޅުމާ ދެކޮޅަށް އީރާނުގެ އަންހެނުން އުފުލާ އަޑުތައް ގަދަވަމުންދާ ކަމަށް ބުނާ ބުނުންތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި ބުރުގާ ނެގުމަށް އީރާނުގެ އަންހެނުންނަށް ހިތްވަރު ދެނީ ބޭރުގެ ފަރާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އިހްތިޖާޖް ކުރި ބައެއް އަންހެނުން ބުނެފައި ވަނީ ބުރުގާ އެޅުމަށް އެ މީހުން ލޯބިކުރާ ކަމަށާއި އެކަމަކު ދެކޮޅު ހަދަނީ އެއީ މަޖްބޫރު ކަމަކަށް ހަދާފައި އޮންނާތީ ކަމަށެވެ.
އީރާނުގައި އަންހެނުން ބުރުގާ އެޅުން މަޖްބޫރުކޮށްފައި ވަނީ 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބަށް ފަހު އެވެ.
މަހްސާގެ ބައްޕަ ހައްޔަރުކޮށް، ހަނދާން އާކުރުން މަނާ
"ހަމަނުޖެހުމާއި ޓެރަރިޒަމްގެ މައި ޝައިތޯނަކީ އެމެރިކާ"
އާއްމު ތަނެއްގައި ބުރުގާ ބޭލި އީރާނުގެ އަންހެން މީހާ ޖަލަށް
ތެހެރާންގައި މިހާރު ބުރުގާ މަޖުބޫރެއް ނޫން: ފުލުހުން
އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން އޮސްޓްރިއާގައި މަނާ
ބުރުގާ އެޅި ބަޔަކު ސްކޫލަކަށް ވައްދަން ދެކޮޅު ހަދައިފި
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ޓްރަމްޕާއި ނަތަންޔާހޫގެ ކޯލެއް، އީރާންގެ ވާހަކަ ދެއްކި
އީރާނަށް ދިން ހަމަލާގެ މަގްސަދު ހާސިލްވި: ނަތަންޔާހޫ
އިޒްރޭލުގެ ހަމަލާގައި ހިސާބު ޖެހުން ނުބައި: ޚާމަނާއީ