Roadha Mihaaru
އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން އޮސްޓްރިއާގައި މަނާ

އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން އޮސްޓްރިއާގައި މަނާކުރަނީ

31 ޖެނުއަރީ 2017

ވިއެނާ (ޖެނުއަރީ 31) - އާއްމު ތަންތަން ކަމަށްވާ ސްކޫލްތަކާއި ކޯޓުތަކުގައި މޫނު ބުރުގާ އެޅުން މަނާކުރަން އޮސްޓްރިއާގެ ވެރިކަންކުރާ ކޯލީޝަނުން އެއްބަސްވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވިއެނާ (ޖެނުއަރީ 31) - އާއްމު ތަންތަން ކަމަށްވާ ސްކޫލްތަކާއި ކޯޓުތަކުގައި މޫނު ބުރުގާ އެޅުން މަނާކުރަން އޮސްޓްރިއާގެ ވެރިކަންކުރާ ކޯލީޝަނުން އެއްބަސްވެއްޖެ އެވެ.

ކޯލީޝަނުގެ ބަޔާނުގައި ބުނެފައި ވަނީ އޮސްޓްރިއާ އަކީ ހުޅުވިފައިވާ މުޖްތަމައެއް އޮންނަ ގައުމެއް ކަމަށާއި އެހެންވެ އާއްމު ތަންތަނުގައި މޫނު ނިވާކޮށްގެން ނޫޅެވޭނެ ކަމަށެވެ.

އޮސްޓްރިއާގައި މޫނު ބުރުގާ އަޅަނީ ގާތްގަނޑަކަށް 150 މީހުން ކަމަށްވެ އެވެ. އޮފިޝަލުން ބުނެފައި ވަނީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ގަލްފުގެ ގަައުމުތަކުން އަންނަ ޓޫރިސްޓުން މަދުވާނެ ކަމަށެވެ. ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ މޫނު ބުރުގާ މަނާ ކުރުމުގެ އަމުރު ބައެއް ރިސޯޓްތަކުގައި ވެސް ހިނގާނެ ކަމަށެވެ.

ޔޫރަޕުގެ އެހެން ބައެއް ގައުމުތަކުގައި ވެސް މި ބާވަތުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ފްރާންސާއި ބެލްޖިއަމުން ވަނީ 2011 ވަނަ އަހަރު ބުރުގާ މަނާކޮށްފަ އެވެ. އަދި ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިދިޔަ މަހު ވަނީ އެ ގައުމުގައި ވެސް މޫނު ބުރުގާ މަނާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މޫނު ބުރުގާ އެޅުމަކީ އިނގިރޭސި ވިލާގުގައި ހުއްދަ ކަމެކެވެ.