05 ފެބުރުއަރީ 2018
ބާސެލޯނާ (ފެބްރުއަރީ 5) – ޖެރާޑް ޕީކޭ ޖެހި ގޯލާ އެކު އެސްޕަންޔޯލާ 1-1 އިން އެއްވަރުކޮށް ބާސެލޯނާ އިން މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބަލިނުވެ 22 މެޗު ފުރިހަމަކޮށް ކްލަބުގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.
ބާސެލޯނާ (ފެބްރުއަރީ 5) – ޖެރާޑް ޕީކޭ ޖެހި ގޯލާ އެކު އެސްޕަންޔޯލާ 1-1 އިން އެއްވަރުކޮށް ބާސެލޯނާ އިން މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބަލިނުވެ 22 މެޗު ފުރިހަމަކޮށް ކްލަބުގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.
ސްޕެނިޝް ލީގުގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ ވެލެންސިއާ އަތުން 1-0 އިން މޮޅުވުމާ އެކު އެއް ވަނައިގައި ބާސެލޯނާ ނަގާފައިވާ ލީޑު ވަނީ ނުވަ ޕޮއިންޓަށް ކުޑަވެފަ އެވެ. ބާސެލޯނާ އަށް 58 ޕޮއިންޓް ލިބިފައިވާއިރު އެތުލެޓިކޯ ދެ ވަނައިގައި އޮތީ 49 ޕޮއިންޓާ އެކު އެވެ.
މި މެޗު އެއްވަރުވުމުން ބާސެލޯނާ އަށް ވަނީ، 39 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ރެއާލް މެޑްރިޑާ ތަފާތު ބޮޑުކޮށްލަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. އެ ޓީމު ވަނީ ހޮނިހިރު ދުވަހުގެރޭ ލެވަންޓޭއާ 2-2 އިން އެއްވަރުވެފަ އެވެ. މި ވަގުތު ދެ ޓީމުގެ މެދުގައި އޮތީ 19 ޕޮއިންޓުގެ ފަރަގެކެވެ.
އެސްޕަންޔޯލުގެ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެ ޓީމުން ކުރި ހޯދީ 66 ވަނަ މިނެޓުގައި ޖެރާޑް މޮރޭނޯ ޖެހި ގޯލުންނެވެ. ބާސެލޯނާ އަށް ޕީކޭ އެއްވަރުކޮށްދިނީ 82 ވަނަ މިނެޓުގަ އެވެ. މިއީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ލިއޮނަލް މެސީ ނެގި ހިލޭ ޖެހުމަކުން ޕީކޭ ޖެހި ގޯލެކެވެ.
ބޯވާރޭގެ ތެރޭގައި ކުޅުނު މި މެޗުގައި، ބާސެލޯނާއާ ރެކޯޑް އަގަކަށް ގުޅުނު ފިލިއްޕޭ ކުޓީނިއޯ ވަނީ އޭނާގެ ކުރީގެ ކްލަބް އެސްޕަންޔޯލުގެ ގޯލަށް ނުރައްކާތެރި ހަމަލައެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ބާސެލޯނާ އިން ބަލިނުވެ 22 މެޗު ފުރިހަމަކުރިއިރު ކުރީގެ ރެކޯޑަކީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން 2009/2010 ގެ ސީޒަނުގައި ބަލިނުވެ 21 މެޗު ފުރިހަމަކޮށްގެން ހެދި ރެކޯޑެވެ.
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ބާސާ އަށް ބޮޑު މޮޅެއް، އެކަމަކު ކީޕަރަށް ސީރިއަސް ހާނިއްކައެއް
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
އެއްވަނައިގައި ރެއާލް އާއި ބާސާ އެއް ނޫން، ޖިރޯނާ
ބާސެލޯނާ 15 ޕޮއިންޓަށް ލީޑު ފުޅާކޮށްފި
ބާސެލޯނާ އެއް ވަނައިގައި ލީޑު ފުޅާކޮށްފި
ބާސާގެ ޑިފެންޑަރު ޕީކޭ ފުޓުބޯޅަ ކުޅުން ހުއްޓާލަނީ