Roadha Mihaaru
ޑެހެއާ ހޯދުމުގެ މަސައްކަތް މެޑްރިޑުން ވަރުގަދަކުރަނީ

ޑެހެއާ ހޯދުމުގެ މަސައްކަތް މެޑްރިޑުން ވަރުގަދަކުރަނީ

09 ފެބުރުއަރީ 2018

މެޑްރިޑް (ފެބްރުއަރީ 9) - މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ސްްޕެއިނުގެ ޑޭވިޑް ޑެހެއާ ހޯދުމުގެ މަސައްކަތް ރެއާލް މެޑްރިޑުން މި ސީޒަނަށް ފަހު ވަރުގަދަކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ފެބްރުއަރީ 9) - މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ސްްޕެއިނުގެ ޑޭވިޑް ޑެހެއާ ހޯދުމުގެ މަސައްކަތް ރެއާލް މެޑްރިޑުން މި ސީޒަނަށް ފަހު ވަރުގަދަކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑެހެއާ މި ވަގުުތު ޔުނައިޓެޑްގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ޑެހެއާ އިތުރު އެއް އަހަރަށް މަޑުކުރުވުމުގެ އިހުތިޔާރު ޔުނައިޓެޑަށް ލިބިދެ އެވެ. އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި ޑެހެއާ ބޭނުން ކްލަބަކާ އެކު ޕްރީ އެގްރިމެންޓެއްގައި ސޮއިކުރެވޭނެ އެވެ.

މި ސީޒަނަށް ފަހު މެޑްރިޑުން އެ ޓީމަށް ކުޅޭ ކޮސްޓަ ރިކާގެ ކީޕަރު ކޭލޯ ނަވާސް ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޗެލްސީގެ ކީޕަރު ތިބައު ކޯޓުއާއާ މެޑްރިޑުން މަޝްވަރާތަށް ބޭއްވި ނަމަވެސް އެ ޓީމުގެ ފުރަތަމަ ޓާގެޓަކީ ޑެހެއާ އެވެ.

ޔުނައިޓެޑުން އުމުރުން 27 އަހަރުގެ ޑެހެއާ އަށް އިތުރު އެއްބަސްވުމެއް ހުށަހެޅުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޑެހެއާ ދަނީ ބޮޑު މުސާރައަކަށް ޑިމާންޑް ކުރަމުންނެވެ. ޑެހެއާ މި ވަގުތު ހުރީ ހަފްތާ އަކު 210،000 ޕައުންޑްގެ މުސާރައެއްގަ އެވެ. އާ އެއްބަސްވުމާ އެކު ޑެހެއާ އަށް ޔުނައިޓެޑުން ދޭން ނިންމާފައިވަނީ 250،000 ޕައުންޑުގެ މުސާރަ އެކެވެ.

ޔުނައިޓެޑުން ވޭތުވެދިޔަ ޓްރާންސްފާ މާކެޓްގައި އާސެނަލްގެ އަލެކްސިސް ސަންޗޭޒްގެ ސޮއި ހޯދިއިރު، އޭނާ އަށް ހަފްތާ އަކު 500،000 ޕައުންޑާ ގާތްކުރާ އަދަދެއްގެ މުސާރައެއްދޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޔުނައިޓެޑްގައި ތިބި ކުޅުންތެރިންގެ ތެރެއިން ޑެހެއާ އަށް ވުރެ ބޮޑު މުސާރައެއް ލިބެނީ ސަންޗޭޒްގެ އިތުރުން ޕައުލް ޕޮގްބާ އާއި ޒަލަޓަން އިބްރަހިމޮވިޗް އަދި ރޮމެލޫ ލުކާކޫ އަށެވެ.

ސްކައިސްޕޯޓްސްގެ ދި ޑިބޭޓް ޝޯގައި ވާހަކަ ދައްކަމުން ވޭލްސްގެ ކުރީގެ ކުޅުންތެރިޔާ ކްރެއިގް ބެލަމީ ބުނެފައިވަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭގައި ޑެހެއާ ރެއާލާ ގުޅޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ ރެއާލުން މި ސީޒަނަށް ފަހު ޑެހެއާ ހޯދުމުގެ މަސައްކަތް ވަރުގަދަ ކުރާއިރު ބޮޑު އަގެއް އޭނާ އަށް ހުށަހަޅާނެ ކަމަށް ބެލެވޭތީ ކަމަށް އޭނާ ބުންޏެވެ.