29 އޮކްޓޯބަރ 2022
ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް މުބާރާތަށް ތައްޔާރުވާން ނެގި ސްޕެއިންގެ ޕްރޮވިޝަނަލް ސްކޮޑުން، މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ބާކީކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް މުބާރާތަށް ތައްޔާރުވާން ނެގި ސްޕެއިންގެ ޕްރޮވިޝަނަލް ސްކޮޑުން، މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ބާކީކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކޯޗު ލުއިސް އެންރީކޭގެ 55 ކުޅުންތެރިންގެ ޕްރިލިމިނަރީ ލިސްޓުން ޑެހެއާ އަށް ފުރުސަތު ނުލިބި، ލިސްޓުގައި ފަސް ގޯލްކީޕަރުން ހިމެނޭ ކަމަށް ސްޕެއިންގެ ރިޕޯޓްތަކުން ހާމަ ކުރެ އެވެ. އެއީ ޕްރިމިއާ ލީގުގައި ބްރައިޓަން އަށް ކުޅޭ ރޮބާޓް ސަންޗޭޒް އާއި ޗެލްސީގެ ކެޕާ އަރިޒަބަލާގާ އާއި ބްރެންޓްފޯޑްގެ ޑޭވިޑް ރާޔާގެ އިތުރުން، އެތުލެޓިކް ބިލްބާއޯގެ އުނެއި ސިމޯން އަދި ގެޓާފޭގެ ޑޭވިޑް ސޯރިއާ އެވެ.
ގައުމީ ޓީމަށް މިހާތަނަށް 45 މެޗު ކުޅެދީފައިވާ ޑެހެއާ އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅުނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު 13، ގައި ޔޫކްރޭން އަތުން 1-0 އިން ބަލިވި މެޗުގަ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވަންދެން ސްޕެއިންގެ ގޯލު ބެލެހެއްޓި އިރު، އެ މެޗުގައި ޔޫކްރޭނުން މޮޅުވި ލަނޑު ވަނުމުން ޑެހެއާ އަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒު ވި އެވެ.
ސްޕެއިން ގައުމީ ޓީމުގެ މިހާރުގެ އެއް ނަމްބަރު ކީޕަރު ސިމޮން (ވ) އަދި، ގެޓާގޭގެ ކީޕަރު ސޯރިއާ (ކ).-- ފޮޓޯ: އިމާގޯ/އަލްފޯސްޕޯޓް
"އަހަރެން ބޭނުމީ އަހަރެންނަށް މަޑުމައިތިރިކަމާއި ހަމަޖެހުން ގެނުވައިދޭ ގޯލްކީޕަރެއް، އޭގެ މާނައަނީ ގޯސް ނުހެދޭނެއެކޭ ނޫން، ގޯސް ތަކަކީ ފުޓުބޯޅައިގެ ބައެއް. އެކަމަކު (ގޯލްކީޕަރުން) އުފައްދާ އެއްޗެއް އަހަރެންނަށް ވަރަށް ކަމުދޭ،" މި އަހަރުގެ ނޭޝަންސް ލީގު ސްކޮޑުން ވެސް ބާކީވި ޑެހެއާއާ ގުޅޭގޮތުން އަހަރުގެ ކުރީކޮޅު ކޯޗު އެންރީކޭ ބުނެފައި ވެއެވެ.
ރަސްމީކޮށް ސްޕެއިންގެ ޕްރިލިމިނަރީ ލިސްޓު ހާމަ ކޮށްފައި ނުވާއިރު، ގައުމީ ޓީމަށް އެންމެ ގިނަ މެޗު، 180 މެޗު ކުޅެދީފައިވާ ސާޖިއޯ ރާމޯސް، ލިސްޓުގައި ހިމެނޭ ކަމަށް ރިޕޯޓް ކުރެ އެވެ. މިދިޔަ އަހަރުގެ ޔޫރޯ އަށް ނެގި ސްކޮޑުން ބާކީ ވި ރާމޯސް އަށް، ޝަރަފުވެރިކަމާ އެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވޯލްޑް ކަޕަށް ދާ ފައިނަލް ސްކޮޑުން އޭނާއަށް ޖާގަ ދޭނެ ކަމަށް މީގެ ކުރިން ކޯޗު އެންރީކޭ ވަނީ އިޝާރާތެއް ދީފަ އެވެ.
ގައުމީ ޓީމުގެ ޖާގަ ނެތަސް، ޑެހެއާ އަންނަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު ގަވާއިދުން ކުޅެމުންނެވެ. މި ސީޒަން ގައި ޔުނައިޓެޑުން މިހާތަނަށް ކުޅުނު 16 މެޗުގައި ވެސް ގޯލު ބެލެހެއްޓީ ޑެހެއާ އެވެ.
ސްޕެއިންގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ޕްރިމިއާ ލީގުގެ ކީޕަރުން، (ކ-ވ) ރާޔާ، ސަންޗޭޒް، ކެޕާ.-- ފޮޓޯ: އޭއެފްޕީ/ގެޓީ
އެއާ ހިލާފަށް ސްޕެއިން ޓީމުން ޖާގަ ލިބުނު ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ މި ސީޒަންގައި އަދި ކުޅުނީ 10 މެޗެވެ. ސީޒަން ފެށިއިރު ބެންޗުގައި އިންނަން ޖެހުނު ނަމަވެސް ފަހުން އޭނާ ވަނީ ލިބެންފެށި ފުރުސަތުތަކުގެ ބޭނުންކޮށް، އަލުން ޗެލްސީގެ ފުރަތަމަ 11 އިން ޖާގަ ހޯދައިފަ އެވެ.
މި ސީޒަންގެ ނިޔަލަށް ޔުނައިޓެޑާ އެކު ކޮންޓްރެކްޓް ހަމަވާ އުމުރުން 31 އަހަރުގެ ގޯލްކީޕަރުގެ ބަދަލަށް އަންނަ ސީޒަންގައި ގޯލްކީޕަރެއް ހޯދަން ޔުނައިޓެޑުން މަސައްކަތް ކުރާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ކޯޗު އެރިކް ޓެން ހަގް އަންނަ ސީޒަނަށް ފާރަލާ ކީޕަރުންގެ ތެރޭގައި، ޑެހެއާގެ ޖާގަ ގައުމީ ޓީމުން ހޯދި ސިމޯން، 25، އާއި ޕޯޓޯގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޯޗުގަލްގެ ޑިއޯގޯ ކޮސްޓާ، 23، ހިމެނެ އެވެ.
ޑެހެއާ އަކީ ޔުނައިޓެޑަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ވޯލްޑް ކަޕުގެ ޕްރިލިމިނަރީ ސްކޮޑުން ބާކީވި ފުރަތަމަ ކުޅުންތެރިޔާ އެއް ނޫނެވެ. ޔުނައިޓެޑަށް ކުރިން ކޯޗު ކޮށްދިން ލުއިސް ވެން ހާލްގެ އިރުޝާދުގެ ދަށުން ނުކުންނަން ތައްޔާރުވާ ނެދަލެންޑްސްގެ 39 ކުޅުންތެރިންގެ ސްކޮޑުން، މިޑްފީލްޑަރު ޑޮނީ ވެން ޑި ބީކް އަށް ވެސް ޖާގައެއް ނެތެވެ. ނަމަވެސް މި ސީޒަންގައި އަލަށް ގެނައި ފުލްބެކް ޓީރެލް މަލަސިއާ ގައުމީ ޓީމާ އެކު ފަރިތަ ކުރާނެ އެވެ.
މީގެ ކުރިން ވޯލްޑް ކަޕަށް ތައްޔާރުވާ ޕްރޮވިޝަނަލް ސްކޮޑުން ފުރުސަތު ދެވޭނީ ގިނަވެގެން 35 ކުޅުންތެރިންނަށެވެ. ނަމަވެސް މި އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވާން 55 ކުޅުންތެރިންގެ ބޭނުން ކުރެވޭ ގޮތަށް ފީފާ އިން ހުއްދަ ދިނީ މި އަހަރުގެ ޖޫން މަހު އެވެ.
ފީފާ އިން 2002 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ފައިނަލް ސްކޮޑުގައި 23 ކުޅުންތެރިން ހިމަނަން ފުރުސަތު ދީފައި ވެއެވެ. ނަމަވެސް މުބާރާތް ބާއްވާ ދުވަސްވަރާއި އަދި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ޓީމުތަކަށް ކުޅުންތެރިންގެ މައްސަލަ ދިމާވެދާނެތީ ފީފާ އިން ވަނީ މި އަހަރު ފައިނަލް ސްކޮޑުގައި 26 ކުޅުންތެރިން ހިމަނަން ފުރުސަތު ދީފަ އެވެ.
ވޯލްޑް ކަޕް ގައި ވާދަކުރާ ޓީމުތަކަށް 26 ކުޅުންތެރިންގެ ސްކޮޑް ފައިނަލް ކުރުމުގެ ވަގުތު އޮތީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރަޝްފޯޑްގެ 100 ވަނަ ގޯލާ އެކު ޔުނައިޓެޑް ކުރިއަށް
ޑެހެއާ ޔުނައިޓެޑް ދޫކޮށްލައިފި، ބަދަލުގައި އޮނާނާ ގެންނަނީ
ޔުނައިޓެޑާ އެކު އޮތް ޑެހެއާގެ ކޮންޓްރެކްޓް ހަމަވެއްޖެ
1،000 ޕެނަލްޓީގެ ނާކާމިޔާބާއެކު އެންރީކޭ ވަކިކޮށްފި
ސްޕެއިންގެ ކޯޗުކަމުގައި އުމުރަށްވެސް ހުންނަން ބޭނުން
ސްޕެއިންގެ ކޮންމެ ކުޅުންތެރިޔަކަށް 1،000 ޕެނަލްޓީ
ބްރެޒިލްއާ ކުޅެން ޖެހުނަސް ސްޕެއިނުން ރިސްކެއް ނުނަގާނެ
ސްޕެއިންގެ ފޯވާޑުންގެ ފެންވަރާމެދު ސުވާލުތަކެއް
ގައުމީ ޓީމުގެ ޖާގަހޯދަން ކާވަހާލް ބަދަލުކުރީ ޑައިޓް
ނޯބަލްގެ ޕެނަލްޓީ ދިފާއުކުރި ޑެހެއާ ބަތަލަކަށް