Roadha Mihaaru
ގާސިމަކީ އިސްލާހީ ހަަރަކާތުގެ އިންޖީނު: ޖޭޕީ

ގާސިމާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރަނީ އެއީ އިސްލާހީ ހަރަކާތުގެ އިންޖީނަށް ވާތީ: ޖޭޕީ

11 ފެބުރުއަރީ 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރަނީ އެއީ ރާއްޖޭގެ އިސްލާހީ ހަރަކާތުގެ އިންޖީނަށް ވުމުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރަނީ އެއީ ރާއްޖޭގެ އިސްލާހީ ހަރަކާތުގެ އިންޖީނަށް ވުމުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ސުޕްރީމު ކޯޓުން އަމުރެއް ނެރެގެން ވެރިކަން ބަދަލު ކުރުމަށް ގެންނަން އުޅުނު "ބަޣާވާތު"ގެ އެންމެ އަޑީގައި ހުންނެވީ ގާސިމް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ މިއަދު ދެެއްކެވި ވާހަކަތައް ކުށްވެރިކޮށް ނެރުނު ބަޔާނުގައި ޖޭޕީން ބުނީ، ގާސިމަކީ ޝަރުއީ ހުކުމްތަކަށް ތަބާވެ، ފަނޑިޔާރުގޭގެ ނިންމުންތަކަށާއި އަދުލު އިންސާފުގެ ދާއިރާ އަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށެވެ.

ކޮންމެ ހާލަތެއްގައި ވެސް ސިފައިންނާއި ފުލުހުންގެ ޝަރަފާއި އިއްޒަތް ދެމެހެއްޓުމުގައި ގާސިމް ދެމި ހުންނަވާނެ ކަމަށް ވެސް ޖޭޕީން ބުންޏެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ، ހުކުމުގައި ތިބި އިދިކޮޅު ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރެ، އެ ކަންތައްތައް ރާވާ ހިންގެވީ ގާސިމް ކަމަށާއި އެއީ ގައުމަށް ޣައްދާރުވެފައިވާ ބޭފުޅެއް ކަމަށެވެ. އެކަމަކު ދެ ވަނަ ފަހަރަށް ރައްޔިތުންގެ ގައިގައި އެ ކަށި ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމްގެ ދިފާއުގައި ޖޭޕީން ނެރުނު ބަޔާނުގައި ބުނީ، ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިން، ގައުމުގެ އެންމެ މަތީ ކޯޓުން ކުރި ހުކުމް ތަންފީޒު ނުކޮށް، ބާރުތައް ވަކިކުރެވިފައވާ ނިޒާމަށް އިިހުތިރާމް ނުކުރުމުގެ ސަބަބުން ގައުމާއި ރައްޔިތުންގެ ކަރާމާތް ވެއްޔާއި މޮޑެވިފައިވާ ކަމަށެވެ. އަދި ބޭރު ދުނިޔޭގައި ދިވެހި ސަރުކާރާއި ދައުލަތް ބަދުނާމު ވެފައިވާ ކަމަށް ވެސް ބުންޏެވެ.

"ދިވެހި ފަސްގަނޑުގައި ދިވެހި ރައޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ގެއްލިފައިވާ ކަމަށް އެތައް ބަޔަކު މިވަނީ ގަބޫލުކުރަން މަޖުބޫރުވެފަ އެވެ. ސިޔާސީ ލީޑަރުންނާއި ހަރަކާތްތެރިން މިވަނީ ބޭއިންސާފުން ޖަލަށް ލެވި، ގައުމުން ބޭރުުކުރެވި އަދި ސަރުކާރުގެ އަނިޔާގެ ޝިކާރައަކަށް ވެފަ އެވެ. މަޖިލީހުގެ މެމްބަރުން މިވަނީ ޖަލަށް ލެވިފަ އެވެ،" ބަޔާނުގައި ވެ އެވެ.