Roadha Mihaaru
އިލްހާމް އެންމެ ފަހުން ފުލުސް އޮފީހަށް ހާޒިރުވެއްޖެ

އިލްހާމް އެންމެ ފަހުން ފުލުސް އޮފީހަށް ހާޒިރުވެއްޖެ

12 ފެބުރުއަރީ 2018

ފުލުހުން ބަލާ މައްސަަލައެއްގެ ތަހުގީގުގެ ބޭނުމަށް ހޯދަން އިއުލާން ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެންމެ ފަހުން އަމިއްލަ އަށް ފުލުސް އޮފީހަށް މިއަދު ހެނދުނު ހާޒިރުވެއްޖެ އެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، އިލްހާމް މިއަދު ހެނދުނު 11:37 ގައި ފުލުސް އޮފީހަށް ހާޒިރުވެފައިވާ ކަމަށެވެ.

އިލްހާމާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަން މިދިޔަ ހުކުރު ދުވަހު ފުލުހުން އިއުލާން ކުރީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެއީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އިއްޔެ އާއި މިއަދު ފުލުހުން ވަނީ އިލްހާމްގެ އަންހެނުން އައިމިނަތު މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް ހައްޔަރުކޮށްފަ އެވެ. އަދި މިއަދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ރޭ މާޝާ ދޫކޮށްލި އެވެ. އެ އެންގުމާ ގުޅިގެން މާޝާ މިއަދު ފުލުސް އޮފީހަށް ހާޒިރުވި އިރު، އޭނާއާ އެކު، އިލްހާމްގެ ކޮއްކޮ އާދަމް ޒާލިފް ފުލުސް އޮފީހަށް ދިޔުމުން ފުލުހުން ވަނީ ޒާލިފްގެ ފޯނު އަތުލައިފަ އެވެ.

މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ސިނާނާއި އިލްހާމް ރާއްޖެ އިން ބޭރުގައި އުޅުއްވަނިކޮށް ވެސް އެ ދެ ބޭފުޅުން ފުލުހަށް ހާޒިރުވުމަށް ފުލުހުން އިއުލާން ކުރި އެވެ. އޭގެ ފަހުން މި ދިޔަ ހަފުތާގައި ރާއްޖެ ވަޑައިގަތުމާ އެކު ފުލުހުން އެ ދެ ބޭފުޅުން ހައްޔަރުކުރި އެވެ. އަދި ޖެހިގެން އައި ދުވަހު، ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އެ ދެ ބޭފުޅުން މިނިވަންކޮށްފަ އެވެ.