މޮނާކޯ (ފެބްރުއަރީ 13) - ފްރެންޗް ލީގުގައި ޑިޖޮންއާ ދެކޮޅަށް ނީސް ކުޅުނު މެޗުގައި އެ ޓީމުގެ ފޯވާޑް މާރިއޯ ބަލޮޓެލީ އަށް ރީނދޫ ކާޑު ދެއްކީ އިންސާފުވެރިކޮށެއް ނޫން ކަމަށް ފުޓްބޯލް އެގެއިންސް ރޭސިޒަމް އިން ޔޫރަޕް (ފެއާ) އިން ބުނެފި އެވެ.
މޮނާކޯ (ފެބްރުއަރީ 13) - ފްރެންޗް ލީގުގައި ޑިޖޮންއާ ދެކޮޅަށް ނީސް ކުޅުނު މެޗުގައި އެ ޓީމުގެ ފޯވާޑް މާރިއޯ ބަލޮޓެލީ އަށް ރީނދޫ ކާޑު ދެއްކީ އިންސާފުވެރިކޮށެއް ނޫން ކަމަށް ފުޓްބޯލް އެގެއިންސް ރޭސިޒަމް އިން ޔޫރަޕް (ފެއާ) އިން ބުނެފި އެވެ.
ރެފްރީ ނިކޮލަސް ރެއިންވިލް އެ މެޗުގެ ދެ ވަނަ ހާފުގައި ބަލޮޓެލީ އަށް ރީނދޫ ކާޑު ދެއްކީ އޭނާއާ ޑިޖޮންގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކުުރުމުން ރެފްރީ ނިކޮލަސް އަށް އެކަމުގެ ޝަކުވާ ކުރުމުންނެވެ. މި ކަމާ ގުޅިގެން އެ މެޗަށް ފަހު ނީސްގެ ކޯޗު ލޫސިއަން ފާވްރޭ ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ފެއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫރަޕްގެ ވަރުގަދަ ލީގަކުން މި ފަދަ ކަމެއް ފެނުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި މި ކަމާ ގުޅިގެން ފްރާންސްގެ ފުޓްބޯޅަ އިދާރާއާ ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ.
"ނަސްލީ ގޮތުން ދިމާކުރި ކަމުގެ ޝަކުވާއެއް ރެފްރީ އަށް ހުށަހެޅުމުން ބަލޮޓެލީ އަށް ރީނދޫ ކާޑު ދެއްކީ ރަނގަޅަކަށް ނޫން. މިކަމުގައި ރެފްރީން ޖެހޭ ބަލޮޓެލީ އަށް ދޭން ޖެހޭ ހިމާޔަތް ދޭން. ރޭސިޒަމް ނައްތާލެވޭ މަސައްކަތުގައި އެންމެންގެ އެހީ ބޭނުންވޭ،" ފެއާ އިން ނެރުނު ބަޔާނެއްގައިވެ އެވެ.
ފެއާ އަކީ ޔޫރަޕްގެ 40 ގައުމަކުން 150 މެމްބަރުން ހިމެނޭ ޖަމިއްޔާ އެކެވެ. ޔޫރަޕް ފުޓްބޯޅައިގައި ނަސްލީ ތަފާތު ކުރުން ނައްތާލުމަށް ފެއާ މެދުވެރިކޮށް އެކި ކެމްޕެއިންތައް ހިންގަ އެވެ.
އިނގިރޭސި ފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުން ނައްތާލުމަށް ފަށާފައިވާ "ކިކް އިޓް އައުޓް" ކެމްޕެއިން ޓީމުން ބުނީ ނަސްލީ ތަފާތު ކުރުމުގެ މައްސަލައެއް ކުރިމަތިވެގެން ބަލޮޓެލީ އެކަން ރެފްރީގެ ސަމާލުކަމަށް ގެނައުމުން އޭނާ އަށް ރީނދޫ ކާޑު ދެއްކުމުން ލިބުނީ ޝޮކެއް ކަމަށެވެ.
އުމުރުން 27 އަހަރުގެ ބަލޮޓެލީ އަށް ދެއްކި ރީނދޫ ކާޑަށް އެޕީލް ކުރުމަށް ނީސް އިން ވަނީ ނިންމައިފަ އެވެ.
ސަޕޯޓަރުންގެ ހަމަނުޖެހުމާހެދި މާސޭއިން މެޗުކުޅެން ދެކޮޅު
ބަލޮޓެލީގެ ފައިދާ ޓީމަށް ބޮޑު: ނީސް ކޯޗު
ޕީއެސްޖީ އާއި ނީސް މޮޅުވުމުން މޮނާކޯ އަށް ޕްރެޝަރު
ނީސް އަތުން ކަވާނީ ޕީއެސްޖީ ސަލާމަތްކޮށްދީފި
ބަލޮޓެލީގެ އެހީއާ އެކު ނީސް އެއް ވަނައިގައި
ބަލޮޓެލީގެ ލަނޑުން ނީސް އެއް ވަނަ އަށް
މޮނާކޯ ފޯވާޑްގެ ބޫޓު ގޮސް އެރީ ޑޮނަރުއްމާގެ މޫނަށް
ކުޅުންތެރިޔަކު އެންޓި-ހޯމޯފޯބިއާ ލޯގޯ ފޮރުވުމުން އަދަބު
13 އަހަރުތެރޭ 10ވަނަ ފަހަރަށް ޕީއެސްޖީއަށް ލީގު
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ