15 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނެރުނު އަމުރަކުން، ފަނޑިޔާރު ކަމުގެ ހުރިހާ ޒިންމާތަކުން ދުރުކުރި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އަލުން ވަޒީފާ އަށް ނިކުމެވަޑައިގަތުމަށް އަންގައިފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނެރުނު އަމުރަކުން، ފަނޑިޔާރު ކަމުގެ ހުރިހާ ޒިންމާތަކުން ދުރުކުރި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އަލުން ވަޒީފާ އަށް ނިކުމެވަޑައިގަތުމަށް އަންގައިފި އެވެ.
ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ވިލާޔަތާއި އަހުލިއްޔަތާއި ޝަރުއިއްޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، ގާޒީ މަރިޔަމް މަގާމުގެ ޒިންމާތަކުން ދުރުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ފަނޑިޔާރުކަމުގެ ޒިންމާތަކުން ދުރުކުރީ ވ. ބޮޑުމޮހޮރާ ކިޔާ ރަށެއް މެރިން ޓެކްނޮލޮޖީ ކިޔާ ކުންފުންޏަކާ ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށް، އޭނާ ކުރެއްވި ހުކުމަކާ ގުޅިގެންނެވެ.
އެނގިފައިވާ ގޮތުގައި ގާޒީ މަރިޔަމް އަލުން ވަޒީފާ އަށް ނުކުމެވަޑައިގަތުމަށް އަންގާފައިވަނީ މި ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ ވަޒީފާ އަށް އަލުން ނުކުންނަވަން ފައްޓަވާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެންނެވެ. އެކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް މިހާތަނަކަށް ނުލިބެ އެވެ.
އޭރު ސުޕްރީމް ކޯޓުން ނިންމުމުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި އޮތީ އެކަމުގައި އެ ކޮމިޝަނުން އިތުރަށް އަޅަންޖެހޭ ފިޔަވަޅެއް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުން އޭރު އެގޮތަށް ނިންމުމުން ގާޒީ މަރިޔަމް ވަޒީފާ އަށް ނުކުމެވަޑައެއްނުގަންނަވަ އެވެ. އޭރު ގާޒީ މަރިޔަމް މަސައްކަތް ކުރައްވަމުން ގެންދެވީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރާ ޑިވިޝަންގަ އެވެ.
ސިވިލް ކޯޓުގެ އިސްގާޒީގެ މައްސަލައެއް ޖޭއެސްސީއަށް
ދަށު ކޯޓުތަކުން ޖޭއެސްސީ އަށް ފަރުހާދު އިންތިހާބުކޮށްފި
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު
ސިވިލް ކޯޓު ހިންގުން ގާޒީ ފަރުހާދާ ހަވާލުކޮށްފި
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
ގާޒީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއްނުވި
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ