ރިޔާސީ ޓިކެޓް ބަހާނެ ގޮތެއް ކަނޑަނޭޅި، ރިޔާސީ އިންތިހާބުގައި އެއްގަލަކަށް ނޭރޭ ވަރަށް އިދިކޮޅު ޕާޓީތައް ބައިބައިވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ރޭ ވިދާޅުވެއްޖެ އެވެ.
20 ފެބުރުއަރީ 2018
ރިޔާސީ ޓިކެޓް ބަހާނެ ގޮތެއް ކަނޑަނޭޅި، ރިޔާސީ އިންތިހާބުގައި އެއްގަލަކަށް ނޭރޭ ވަރަށް އިދިކޮޅު ޕާޓީތައް ބައިބައިވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަބްދުއްރަހީމް ރޭ އެންމެ ބޮޑަށް ފާޑުވިދާޅުވީ ރިޔާސީ އިންތިހާބު ބާއްވަން ކައިރިވެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ކެންޑިޑޭޓަކު ނުދައްކާ ތިބި މައްސަލަ އަށެވެ. އެއީ، އިދިކޮޅު ހުރިހާ ލީޑަރުން ވެސް ވެރިކަން ބޭނުންވާތީ ކަމަށް ވިދާޅުވާ ވިދާޅުވުން ރޭ ވެސް އޭނާ ތަކުރާރު ކުރެއްވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރިޔާސީ ޓިކެޓްގެ މައްސަލައިގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ތެރެ ވެސް ވަނީ ވަރަށް ބޮޑަށް މައްސަލަ ގޯސްވެފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރިޔާސީ ޓިކެޓް ބޭނުންވާ މީހުން އެމްޑީޕީ ތެރޭގައި އެބަތިބި ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ހާލަތަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
"އެމްޑީޕީގެ ތެރޭގައި ވެސް ޓިކެޓަށް ވާދަކުރާ [މީހުންގެ ތެރޭގައި] އިބްރާހީމް މުހައްމަދު ސޯލިހާއި އަބްދުﷲ ޝާހިދާއި މިހާރު ބުނާ އަޑު އިވޭ މަހްލޫފް ވެސް ރިޔާސީ ޓިކެޓަށޭ އެ އުޅެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ޖޭޕީ ތެރޭގައި އުމަރާއި އަބްދުﷲ ރިޔާޒާއި ޖަމީލާއި ފާރިސް ޖެހި ބާރުވެފައި އޮތް ކަމަށް ވަނީ. އޭގެ އިތުުރުން ގާސިމް އިބްރާހިމްގެ ދަރި ވެސް ނެރެން އުޅޭ ކަމަށް ވަނީ."
ރިޔާސީ އިންތިހާބަށް އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކު ހޮވަން މަޝްވަރާތައް ވަނީ ފަށައިފަ އެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެސް އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ބޭނުންވާ އިރު، ވަކި ގޮތެއް އެ މަޝްވަރާތަކުން ނިމޭނެ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.
އިދިކޮޅު ކޯލިޝަނުން ނެރޭ އެއް ކެންޑިޑޭޓަކީ ގާސިމް ކަމަށް ހަމަޖައްސަން ޖުމްހޫރީ ޕާޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެމްޑީޕީީން ބޭނުންވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރޭށެވެ.
އެކަމަކު ނަޝީދާއި ގާސިމަށް ވެސް އިންތިހާބަށް ކުރިމަތިލެއްވޭނީ ގާނޫނީ ގޮތުން ހައްލުތަކެއް ހޯދިގެންނެވެ. ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބުނާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ގާސިމްގެ އުމުރުން މިހާރު ވަނީ 65 އަހަރު ވެފަ އެވެ.
ނަޝީދު ހުންނެވީ ރައީސް ކަމަށް ކުރިމަތިލާ މީހަކާ ބެހޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގަ އެވެ.
އެއީ ސައިޒަށް ވުރެން ބޮޑެތި ވާހަކަ، ދުރެއް ނުކުރެވޭނެ
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ނަޝީދުގެ ފަހަތަކަށް ޕީޕީއެމް ނާރާނެ: އަބްދުއްރަހީމް
"ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަކަށް ނޭނގޭނެ"
ނިޒާމީ ވޯޓުގައި އިދިކޮޅުގެ ސްޓޭންޑް ނޭނގި ހިމޭނުން!
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
މީޑިއާ ކުރިމަތީ އަބްދުއްރަހީމް އަވަގުރާނަ ގޮވައިފި
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"