ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާއީދުކުރައްވާ ވެރިކަމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވެސް ވާދަކުރެވެން ޖެހޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
06 ޖުލައި 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާއީދުކުރައްވާ ވެރިކަމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވެސް ވާދަކުރެވެން ޖެހޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށް މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ރައީސް ނަޝީދު "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އެ މަނިކުފާނާ އެކު ޔާމީން މަސައްކަތްކުރައްވާނެ ކަމަށް ދެެކެވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީއާ އެކު ޕީޕީއެމް ބައިވެރިވެގެން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުން ގާނޫނަށް ބަދަލު ގެނެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަން ހިންގެވުމުގައި މި ވަގުތު އެންމެ އިސްކޮށް ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އެ ވާހަކައަށް ރައްދު ދެއްވައި ވިދާޅުވީ ޔާމީން ތާއިދުކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށް ކަމަށާއި ރައްޔިތުން ވަނީ ރިޔާސީ ނިޒާމަކީ ވެރިކަމުގެ ނިޒާމު ކަމަށް ނިންމާފައި ކަމަށެވެ.
RY thaaeed kurahvanee Rayyithunge ninmevumah.rayyithunvanee veri kamuge nizaamakee riyaasee nizaam kamah ninmavaafa.RY thaaeed kurahvaa nizaameh RN akah en’givada’eh nugannavaane.riyaasee Inthikh’aabugai RY ah vaadha kurevenjeheyne.E’ee Gaumu beynunvaa goiy #FreePresidentYameen
— Abdul Raheem Abdulla (@Banafsaa) July 5, 2021
"ރައީސް ޔާމީން ތާއިދުކުރައްވާ ނިޒާމެއް ރައީސް ނަޝީދަކަށް އެނގިވަޑައެއްނުގަންނަވާނެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެވެންޖެހޭނެ. އެއީ ގައުމު ބޭނުންވާ ގޮތް،" މަނީ ލޯންޑަރިންގެ ކުށުގެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ދޫކޮށްލުމަށް ގޮވާލައި ހޭޝްޓެގާއެކު، ކުރެއްވި ޓްވީޓުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވި ނަމަވެސް، ވެރިކަމުގެ ނިޒާމު ކަނޑައަޅަން ރައްޔިތުންގެ ވޯޓު ދިންއިރު، އޭރު ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) އިން ވެސް ތާއިދުކުރީ ބަރުލަމާނީ ނިޒާމަށެވެ. އެކަމަކު، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އޭގެ ފަހުން ޔާމީން ފާޅުގައި ވާހަކައެއް ނުދައްކަވަ އެވެ.
އެ ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ ރާއްޖެ އަށް އެންމެ ރަނގަޅުވާނީ ބަރުލަމާނީ ނިޒާމު ކަމަށް އަދިވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބެއް އޮވެއްޖެ ނަމަ އެމްޑީޕީގެ ޕްރައިމަރީގައި އެ މަނިކުފާނު ވާދަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ބޭއްވުން ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ނިޒާމު ބަދަލުކުރުމަށް އަންނަ އަހަރު ހޯދަންވީ ރައްޔިތުންގެ ހިޔާލު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"
ކޮޅިގަނޑުގެ އިންޒާރު އަދުރޭ ދެއްވި ޔާމީންގެ މެސެޖުގައި
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
މާޔޫސް ނުވޭ، ޔާމީން ދެން އަންނާނީ މާ ގަދަކޮށް:އަދުރޭ
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ
ރިޔާސީ ޓިކެޓް ޔާމީން ނޫން މީހަކަށް ނުލިބޭނެ: ސައީދު
އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ: އިދިކޮޅަށް ވާނީ ފަސޭހަ
ރިޔާސީ ޓިކެޓާ ހެދި ޕާޓީތެރޭ ފެކްޝަނެއް ނެތް: އަދުރޭ
"އިންތިހާބަށް ނުކުންނަނީ އަޅުވެތިކަމުން ސަލާމަތްކުރަން"