ލަންޑަން (ފެބްރުއަރީ 20) – ޔޫރަޕުގެ ފުޓްބޯޅައިގައި މި ވަގުތު ހުރި 20 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އަކީ އޭސީ މިލާނުގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ކަމަށް ސީއައިއީއެސް ފުޓްބޯލް އޮބްސަވޭޓަރީން ހެދި ދިރާސާގައި ބުނެފި އެވެ.
20 ފެބުރުއަރީ 2018
ލަންޑަން (ފެބްރުއަރީ 20) – ޔޫރަޕުގެ ފުޓްބޯޅައިގައި މި ވަގުތު ހުރި 20 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އަކީ އޭސީ މިލާނުގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ކަމަށް ސީއައިއީއެސް ފުޓްބޯލް އޮބްސަވޭޓަރީން ހެދި ދިރާސާގައި ބުނެފި އެވެ.
މި ލިސްޓު އެކުލަވާލުމަށް ސީއައިއީއެސް އިން 22 މުބާރާތެއްގެ ދެ ސީޒަން ދިރާސާކުރި އެވެ. ކުޅުންތެރިޔާ ކުޅުނު ކޮންމެ މިނެޓެއްގެ ބުރަދަން ބެލީ ކްލަބުގެ ނަތީޖާ އާއި ލީގުގެ ފެންވަރު އަޅާކިޔައިގެންނެވެ.
މި ލިސްޓުގެ ގަދަ 10 ކުޅުންތެރިން ކަނޑައަޅާފައިވަނީ ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ކްލަބްތަކުގައި، ފެންވަރު ސާބިތުކޮށްދެވިދާނެ ފައިވް ސްޓާ ކުޅުންތެރިންގެ ގޮތުގަ އެވެ.
ލިސްޓުގެ ދެ ވަނައިގައި އޮތީ ފްރާންސުގެ ޓޫލުސް އަށް ކުޅޭ 19 އަހަރުގެ ގޯލްކީޕަރު އަލްބަން ލަފޮން އެވެ. ތިން ވަނަ ލިބުނީ ފްރާންސުގެ އުއްމީދީ ފޯވާޑް ކީލިއަން އެމްބާޕޭ އަށެވެ.
އެއް ވަނައިގައި އޮތް ޑޮންނަރުއްމާ އުމުރުން 16 އަހަރުގައި 2015 ވަނަ އަހަރު މިލާނުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަން ފެށި ފަހުން މަގާމް ގެއްލިފައެއް ނުވެ އެވެ. އޭނާ ގެންދަން ސްޕެއިނުގެ ރެއާލް މެޑްރިޑާއި ފްރާންސުގެ ޕީއެސްޖީން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށް ރިޕޯޓްތައް ބުނެފައިވާއިރު އޭނާ މިދިޔަ ސީޒަނަށް ފަހު މިލާނުގެ ކޮންޓްރެކްޓް އާނުކުރަން ނިންމި އެވެ. އެކަމަކު ފަހުން ނިންމުން ބަދަލުކުރި އެވެ.
އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އަށް ފަހު އިޓަލީގެ އެއް ނަމްބަރު ކީޕަރުގެ މަގާމް ފުރާނީ އޭނާ ކަމަށް ޔަގީންކުރެވެ އެވެ. އުމުރުން 18 އަހަރުގެ ޑޮންނަރުއްމާ އަކީ އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މިހާތަނާށް ކުޅުނު އެންމެ ޒުވާން ކީޕަރެވެ.
ޖިރޫ މިލާންއާ ގުޅޭނެ، ޑޮނަރުއްމާ ނެތުމަކީ ދެރަ ކަމެއް
އާ ސްޓޭޑިއަމް ބިނާކޮށް، ސެންސީރޯ ބިމާހަމަކޮށްލަނީ
ލިއާއޯގެ ދެ ލަނޑުން މިލާން އެއް ވަނަ އަށް
ލީގު މެޗުތަކެއް ގައުމުން ބޭރުގައި ކުޅެން ހުއްދަދީފި
ވެރޯނާ އިން ޔުވެންޓަސް ހުއްޓުވިއިރު، މިލާނަށް މޮޅެއް
ޑޮނައްރުއްމާ ޑިމާންޑް ކުރީ ބޮޑު މުސާރައަށް
ޔުނައިޓެޑަށް ފަހިކުރަން ޕީއެސްޖީން ޑޮނަރުއްމާ ބާކީކޮށްފި
ޕީއެސްޖީން ކީޕަރު ޑޮންނަރުއްމާ ވިއްކާލަނީ
މުސިއާލާގެ އަނިޔާ؛ ނޯޔާގެ އިނގިލި ޑޮނަރުއްމާ އަށް
އިޓާލިއަން ލީގު މެޗެއް އޮސްޓްރޭލިއާގައި ކުޅެން ރާވަނީ