Roadha Mihaaru
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

20 ފެބުރުއަރީ 2018

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫން، މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫން، މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.

އެމަނިކުފާނުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވީ އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބެއް ކަރެކްޝަންސް އިން ނުބުނާ ކަމަށެވެ.

އަދީބު ދޫނިދޫ ޖަލަށް ބަދަލުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ.

ސިރާޖު ވިދާޅުވީ މާފުށި ޖަލަށް އަދީބު ބަދަލުކުރުމުން ވަކީލުންނާއި އާއިލީ ބައްދަލުވުންތަކެއް ވެސް ނުދޭނެ ކަމަށެވެ.

"މާފުށީ ޖަލަށް ބަދަލުކުރީމަ އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުމެއް ދެން ލިބޭނެހެން ހިއެއް ނުވޭ. އެކަމާ ވަރަށް ކަންބޮޑުވަން މިގޮތަށް އިރުކޮޅަކާ ތަނަަކަށް ބަދަލުކުރަމުން ދާތީ. އެހެންނެއް ކަންތައްތަކެއް ނުކުރެވޭނެ،" ސިރާޖު ވިދާޅުވި އެވެ.

އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިވާއިރު، އެމަނިކުފާނުގެ ހާލުކޮޅު ކުރިއަށް ވުރެ ގޯސް ވެފައިވާ ކަމަށް ވެސް ވަަކީލުން ވަނީ ބުނެފަ އެވެ.