Roadha Mihaaru
އަދީބު ދޫނިދޫއަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި

އަދީބު ދޫނިދޫ ޖަލަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި

09 މާޗް 2017

ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުން، ދޫނިދޫ ޖަލަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލުން، ދޫނިދޫ ޖަލަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ސޮއިކުރައްވައި ކަރެކްޝަނަލް ސާވިސް އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން، އަންގާރަދުވަހުން ފެށިގެން އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއީ ސިއްރު ސިޓީއެއް ކަމަށް އެނގިފައިވެ އެވެ.

އަދީބު ދޫނިދޫ ޖަލަށް ބަދަލުުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. މިކަމާ ބެހޭ ގޮތުން ކަރެކްޝަނަލް ސާވިސްގެ ބަހެއް ވެސް ނުލިބެ އެވެ.

ދޫނިދޫ ޖަލަކީ ފުލުހުންގެ ތަހުގީގަށް ބަންދުގައި ބައިތިއްބާ މީހުންނަށް ހާއްސަ ޖަލެކެވެ.

ބައެއް ވަކީލުން ވިދާޅުވި ގޮތުގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު، ދޫނިދޫ ޖަލަށް ބަދަލު ކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ.

ޕެރޯލްގެ ގާނޫނުގައި ވަނީ ވަނީ ތަހުގީގަށް ބަންދު ކުރެވޭ މީހުން ބައިތިއްބަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. ތަހުގީގު ނިމި، ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފަށައި ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ބައިތިއްބަން ޖެހޭނެ ރިމާންޑް ޖަލެއްގައި ކަމަށާއި ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހުން ބައިތިއްބަން ޖެހޭނީ އާންމު ޖަލެއްގައި ކަމަށް ގާނޫނުގައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމާއި ޚިޔާނާތުގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ އަދީބު ހުރީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއްގައި" ކަމަށް ބުނެ ވާހަކަ ފެތުރެމުން އަންނައިރު، އެ ވާހަކަތައް ކަރެކްޝަނަލް ސާވިސްއިން ދޮގު ކުރެ އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.