Roadha Mihaaru
އަބްދުﷲގެ ހާލު ސީރިއަސް، ފުލުހުންނަށް ފާޑުކިއުން

އަބްދުﷲގެ ހާލު ސީރިޔަސް، ފުލުހުންގެ އިންސާނިއްޔަތުކަމެއް ނެތް: ޖޭޕީ

24 ފެބުރުއަރީ 2018

އިއްޔެ ރޭ ޕެޕަ ސުޕްރޭ ޖެހުމުން ހާލު ދެރަވެފައި އޮތް މީހާއަށް ދިމާވި މައްސަލައިން ދޭހަވަނީ މިހާރު ފުލުހުންގެ ކިބާގައި އިންސާނިއްޔަތުކަން ވެސް ނެތުން ކަމަށް، ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

އިއްޔެ ރޭ ޕެޕަ ސުޕްރޭ ޖެހުމުން ހާލު ދެރަވެފައި އޮތް މީހާއަށް ދިމާވި މައްސަލައިން ދޭހަވަނީ މިހާރު ފުލުހުންގެ ކިބާގައި އިންސާނިއްޔަތުކަން ވެސް ނެތުން ކަމަށް، ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމަށްވާ ކުނޫޒުގައި ހުއްޓާ އަބްދުﷲ ސަލީމް، 43، ގެ ގަޔަށް ޕެޕާ ސުޕްރޭ ޖެހުމުން އޭނާ އަށް ފިޓް ޖެހި ހާލު ސީރިއަސްވި އެވެ. އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލަތަށް މާ ބޮޑު ބަދަލެއް އަދިވެސް ނާންނަ ކަމަށް ޖޭޕީން ބުނެ އެވެ.

އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އަބްދުﷲގެ ގަޔަށް ޕެޕާ ސުޕްރޭ ޖެހީ ފޫޓެއްހާ ކައިރިން ކަމަށެވެ. އެއީ، ފުލުހުން ޕެޕަ ސުޕްރޭ ޖަހަން ޖެހޭ އުސޫލާ ވެސް ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންގެ ނެތް އިންސާނިއްޔަތު ކަމެއް،" ސަމީރު ވިދާޅުވި އެވެ.

"ސުޕްރޭ ޖަހާ އެވަރު ވީމާ އޭނާއަށް އެހީވާން ވެސް ފުލުހުން މަސައްކަތެއް ނުކުރި."

އަބްދުﷲ ސަލީމަކީ ކުރިން ފިޓް ޖެހުނު މީހެއް ކަމަށްވެ އެވެ. އެކަމަކު އެ މައްސަލަ ދިމާނުވާތާ މިހާރު އެތައް އަހަރެއް ވެއްޖެ ކަމަށް، އާއިލާއާ ހަވާލާދީ ޖުމްހޫރީ ޕާޓީން ބުނެ އެވެ.

މީގެ ކުރިން ކުނޫޒު ބަންދުކޮށްގެން ފުލުހުން އެ ތަން ބަލަހައްޓަނީ: އިއްޔެ ރޭ ފުލުހުން ވަނީ ވަރަށް އަނިޔާވެރިކޮށް އަމަލްކޮށްފައި ކަމަށް ޖޭޕީން ބުނޭ

މީގެ ކުރިން ކުނޫޒު ބަންދުކޮށްގެން ފުލުހުން އެ ތަން ބަލަހައްޓަނީ: އިއްޔެ ރޭ ފުލުހުން ވަނީ ވަރަށް އަނިޔާވެރިކޮށް އަމަލްކޮށްފައި ކަމަށް ޖޭޕީން ބުނޭ

ސަމީރު ވިދާޅުވި ގޮތުގައި އަބްދުﷲގެ ހާލަތާ މެދު ޑޮކްޓަރުން ކުރިން ބުނަމުން ދިޔައީ އޮތީ "ފިފްޓީ ފިފްޓީ ޗާންސެއް" ކަމަށެވެ. ނަމަވެސް ފަހުން އޭނާގެ ލޮލަށް ހަރަކާތް އަންނަން ފެށުމުން އުއްމީދު އާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު ކަމެއް ނުކުރެވޭ އަދި ވެންޓިލޭޓަރުގައި އޮތުމުން،" ސަމީރު ވިދާޅުވި އެވެ.

އަބްދުﷲގެ ބޭބެ އަހުމަދު ސަލީމް އިއްޔެ ބުނެފައި ވަނީ ކޮއްކޮގެ "ހާލު ވަރަށް ސީރިއަސް" ކަމަށެވެ.

"އޭނާއަށް ވަރަށް ބޮޑަށް ޕެޕާ ސްޕްރޭގެ އަސަރުކޮށް، ނޭވާ ނުލެވޭ،" އަހުމަދު ބުންޏެވެ.

އަބްދުﷲ ގެ އާއިލާ އިން މިއަދު ބުނީ ބޭރަށް ގެންދަން ޑޮކްޓަރުން ހުއްދަ ދީފި ނަމަ އެކަމަށް މަސައްކަތްކުރާނެ ކަމަށެވެ.

ސުޕެޝަލް އޮޕަރޭޝަންގެ ފުލުހުން ކުނޫޒަށް ވަދެގަތް އިރު އެ ތަނުގައި ތިބީ ވަރަށް މަދު ބައެކެވެ. ނަމަވެސް އެ އެންމެން ނެރެން ޕެޕަ ސުޕްރޭ ޖެހި ގޮތާއި ބާރުގެ ބޭނުންކުރި ގޮތާ މެދު އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ޖޭޕީން ވަނީ އެ މައްސަލަ ބަލައިދޭން ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށައަޅާފަ އެވެ.