Roadha Mihaaru
ބާރުގެ ބޭނުންކުރި ފުލުހުންނަށް ފިޔަވަޅުއަޅަން ފޮނުވައިފި

މޭޑޭގެ މުޒާހަރާގައި ބާރުގެ ބޭނުންކުރި ފުލުހުންނަށް ފިޔަވަޅު އަޅަން ފޮނުވައިފި

19 މެއި 2021

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް މި މަހުގެ އެއް ވަނަ ދުވަހު މާލޭގައި ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ބާރުގެ ބޭނުންކުރި ފުލުހުންނަށް ފިޔަވަޅު އަޅަން ފޮނުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް މި މަހުގެ އެއް ވަނަ ދުވަހު މާލޭގައި ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ބާރުގެ ބޭނުންކުރި ފުލުހުންނަށް ފިޔަވަޅު އަޅަން ފޮނުވައިފި އެވެ.

ޒުވާނުންތަކެއް އިސްވެ ފަށާފައިވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ރަސްފަންނު ސަރަހައްދުން ފެށި މުޒާހަރާ ހޫނުވެ، މަޖީދީ މަގު ސަންފްރޮންޓް ފިހާރައާ ހިސާބުން ފުލުހުންތަކެއް ވަނީ މުޒާހަރައިގެ ބައިވެރިންނަށް އަނިޔާކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އެ ދުވަހު އާންމުވި ވީޑިއޯއެއްގައި ފުލުހުން މުޒާހަރާގެ ބައެއް ބައިވެރިންގެ މޫނަށް ޕެޕާސްޕްރޭ ޖަހައި، އަނިޔާވެރިކަމާ އެކު މީހުން ދުރުކުރާ ތަން ފެނެ އެވެ. އަދި އަންހެނަކު ހައްޔަރުކުރާއިރު ވެސް އޭނާގެ މޫނަށާއި ކައިރީގައި ތިބި މީހުންގެ މޫނަށް ވެސް ޕެޕާ ސްޕްރޭ ޖެހި މަންޒަރު ފެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ މި މައްސަލައިގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ކުރިއަށް ގެންދިޔަ ތަހުގީގު ނިމިފައިވާ ކަމަށެވެ.

"މި މައްސަލައިގައި ފިޔަވަޅު އެޅުމަށް މިހާރު ވާނީ ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅައިފައި،" އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައިގައި އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި މުޒާރަހާ ކޮންޓުރޯލް ކުރުމަށްޓަކަ ހަރަކާތްތެރިވި ފުލުހުން އަމަލުކޮށްފައިވާ ގޮތް ފުލުހުންގެ ރަސްމީ މިންގަނޑުތަކުން ބަލައި، ތަހުގީގު ކުރަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

އެ މުޒާހަރާގެ އެއް ބައިވެރިއަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ވެސް ދީފައިވެ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ބައެއް ބައިވެރިން ގެންގޮސްފައިވެ އެވެ.