25 ފެބުރުއަރީ 2018
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށް އާ ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށް އާ ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ ޖަލްސާގައި އެޖެންޑާގައިވާ ގޮތުން ޖަޕާންގެ ސަފީރަކަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވީ މ.ފޭމަންސް އިބްރާހިމް އުވައިސްގެ ނަމެވެ. އޭނާގެ ނަން އިތުރަށް ދިރާސާކުރަން ދާއިމީ ކޮމެޓީއަކަށް ފޮނުވުމަށް އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.
ޖަޕާނު ސަފީރު ކަމުގައި ކުރިން ހުންނެވީ، ސްރީ ލަންކާ އިން ރާއްޖެ އަށް މިހާރު ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ. ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރެއްވި މުންދު ވަނީ ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ އަހަރެއްހާ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.
މީގެ އިތުރުން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް ބޭފުޅަކު، އައްޔަން ކުރުމަށް ރައީސް ޔާމީން ފޮނުއްވި ނަން ދިރާސާ ކުރުމަށް ކޮމެޓީއަކަށް ފޮނުވުމުގެ މައްސަލަ ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ކުރި އިއުލާނާ ގުޅިގެން ހަތް މީހަކު ވަނީ ކުރިމަތިލައިފަ އެވެ. އެކަމަކު ކުރިމަތިލީ ކޮން ބައެއްކަން އަދި އެނގިފައެއް ނުވެ އެވެ.
އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެންއައިސީގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މަގާމުން ވަކި ކުރެއްވުމުންނެވެ.
ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ މުއައްސަސާތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އެންއައިސީގެ ރައީސްކަމުން މާނިއު ވަކިކުރީ އެ ކޮމިޝަންގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސް ވެރިން ހުރަސްއަޅާ ކަމަށް ތުހުމަތުކޮށް، އެ ކަމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވާފައި ވަނިކޮށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އެންއައިސީ އަށް ސުލައިމާން އައްޔަން ކުރަން ރުހުން ދީފި
އެންއައިސީގެ އާ މަގާމުތަކަށް ހުއްދައެއް ނުދިން
"ރަޝީދުގެ މަރުގެ ތަހުގީގުގައި ފެންނަ މަންޒަރު ތަފާތު"
ޖޮއިންޓް އިންވެސްޓިގޭޝަން ހިންގަނީ ކީއްވެތޯ ބަލަނީ
އެންއައިސީގެ މެމްބަރުންގެ މުސާރަކުޑަވެގެން ޝަކުވާކޮށްފި
އެންއައިސީއަށް ގާސިމާ އެކު ހަތަރު ބޭފުޅަކަށް ރުހުންދީފި
އެންއައިސީއަށް ކުރިމަތިލެއްވި ބޭފުޅުން އާންމުން ހިޔާލަށް
އެންއައިސީގެ ރައީސް ސުލައިމާން ވަކިކުރަން ފާސްކޮށްފި
އެންއައިސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ކޭސް ލޮގް ހޯދާކަށް އެންއައިސީއަކުން ނޭދޭ: ޕޮލިސް