Roadha Mihaaru
އެންއައިސީއަށް ކުރިމަތިލެއްވި ބޭފުޅުން އާންމުން ހިޔާލަށް

އެންއައިސީ އަށް ކުރިމަތިލެއްވި ބޭފުޅުންނާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަނީ

30 އޯގަސްޓް 2020

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުން މިއަދު ހުޅުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުން މިއަދު ހުޅުވާލައިފި އެވެ.

އެންއައިސީގެ ހަތް މެމްބަރުން ޒިންމާ އަދާ ނުކުރައްވާ ކަމަށް ނިންމައި، ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ރައްޔިތުންގެ މަޖިލީހުން ލަފާ އެރުވުމުން، އެންއައިސީގެ ތިން މެމްބަރަކު މިދިިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ވެސް ދާދި ފަހުން ވަނީ މަގާމުން ވަކި ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި ޓްވީޓެއް

ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 17 މީހެއްގެ ނަން ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް މި މަހުގެ 12 ވަނަ ދުވަހު ފޮނުއްވައިފަ އެވެ.

ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާ މެދު ޝަކުވާއެއް ވާ ނަމަ، މަޖިލީހުގެ އީމެއިލް [email protected] އަށް އީމެއިލް ކޮށް އެކަން އަންގަން އެ އިދާރާ އިން އެދިފައި ވެ އެވެ. ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި ގުޅޭނެ ނަންބަރެއް ހިމަނަން ޖެހޭނެ އެވެ.

ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރިހަކީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވައިގެން ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.