27 ފެބުރުއަރީ 2018
ރާއްޖެ ފުނޑާލައި، އަމިއްލަ ދަހިވެތިކަމުގައި ގައުމަށް ގެއްލުންދޭން މަސައްކަތް ކުރުމަކީ ގައުމަށް ޣައްދާރުވުން ކަމަށާއި ވެރިކަން ބަދަލުކުރުމުގެ ހައްގު އެމީހުންނަށް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ފުނޑާލައި، އަމިއްލަ ދަހިވެތިކަމުގައި ގައުމަށް ގެއްލުންދޭން މަސައްކަތް ކުރުމަކީ ގައުމަށް ޣައްދާރުވުން ކަމަށާއި ވެރިކަން ބަދަލުކުރުމުގެ ހައްގު އެމީހުންނަށް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
"ސަލާމަތީ ބާރުތަކާއެކު ރައްޔިތުން" މި ނަމުގައި ޕީޕީއެމުން ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ގައުމަށް ޣައްދާރުވަނީ ބޭރުގެ އަސްކަރިއްޔާ އަންނަން ގޮވާލާ މީހުން އެކަނި ނޫން ކަމަށެވެ. އަދި ގައުމަށް ގެއްލުންދޭން މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން ކުރުން މަނާ ކަމެއް ކަމަށާއި އެފަދަ ކަންކަން ކުރާ މީހުންނަށް ވެރިކަން ބަދަލުކުރުމުގެ ހައްގެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެމީހުންނަށް އޮތް ހައްގަކީ ސިޔާސީ މަސައްކަތްކޮށް، ރައްޔިތުންގެ ވޯޓު ހޯދައިގެން ވެރިކަމަށް އަންނަންވީ. އެކަން ކުރަންވީ. އެކަމަކު ގާނޫނީ ސަރުކާރެއް ވައްޓާލަން ހާއްސަ ގޮތަކަށް ރިޝްވަތު ދީގެން މިކަން ކުރުމަކީ އޮތް ކަމެއް ނޫން" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ވެސްޓްޕާކް ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ބައެއް ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ސިޔާސީ އިދިކޮޅު ބޭފުޅުންނާއި ބައެއް ފުލުހުންނަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ދޫކޮށްލުމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާއެކު މަގާމުގެ ނާޖައިޒު ފައިދާ ބޭނުންކޮށްގެން ބަޣާވަތް ކުރި މީހުންނަކީ އެންމެ ބޮޑެތި ޣައްދާރުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ވަނީ ގާނޫނީ ގޮތުން ކުރެވޭ އަމުރުތަކަށް ތަބާވާން ޖެހޭނެ ވާހަކަ ކަމަށެވެ. އަދި ކަމެއް ދިމާވެއްޖެނަމަ، ފުރަތަމަ ފުލުހުންނާއި ސިފައިން އުފައްދަން ޖެހޭ ސުވާލަކީ އެއީ ގާނޫނީ އަމުރެއްތޯ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކަމެއް ދިމާވެއްޖެނަމަ، ފުރަތަމަ ފުލުހުންނާއި ސިފައިން އުފައްދަން ޖެހޭ ސުވާލަކީ މިއީ ގާނޫނީ އަމުރެއްތޯ. އަމުރު ތަންފީޒުކުރަން ކޮޅު ކޮޅަށް ދުވާ އެއްޗެއް ނޫން. އެއީ ނަގަން ޖެހޭ ފިލާވަޅު،" ރައީސް ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންގެ މައްޗަށް ކޮމާންޑު ކުރަން ރައްޔިތުން އިންތިހާބުކޮށްފައި ހުރި ވެރިއަކު، ހުރިކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ "އެ ހާލަތުގައި އެމީހާގެ ރައުޔު" ހޯދަން ވާނެ ކަމަށެވެ.
ވެސްޓްޕާކް ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ބައެއް ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
"ދިވެހި ދައުލަތުގެ ނާ ދުއްވަން ރައްޔިތުން ހަވާލުކޮށްފައި ހުރީ ގާނޫނީ ސަރުކާރެއް ހިންގަން ހުރި ބޭފުޅަކާ. އެހެންވީމަ އެމީހެއްގެ މަޝްވަރާ ހޯދަން ޖެހޭނެ. އެއީ އަމުރު ތަންފީޒު ކުރަން ނިކުންނައިރު، ދަސްކުރަން ޖެހޭ ކަމެއް،" ސިފައިންނާއި ފުލުހުންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރާ ގުޅިގެން ސިފައިންގެ ސާބިތުކަން ދެއްކި ކަމަށެވެ. އަދި ފުލުހުން "ވަގުތުކޮޅަކަށް" ފަހު ނަމަވެސް އެ ސާބިތުކަން ދެއްކި ކަމަށާއި ސަލާމަތީ ބާރުތަކުން ދައްކާ ސާބިތުކަމަކީ ހިތްޕުޅުން ފިލާނެ ކަންކަން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ ތެރެއިން "ހަތަރު ފަސް މީހަކު ވަކިވެގެން" ދިޔައީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅީމަ ކަމަށެވެ. އަދި އެކަހަލަ މީހުން އެމަނިކުފާނުގެ ސަރުކާރެއްގައި ގައުމަށް ހިދުމަތް ކުރާކަށް ނުތިބޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެއީ ހަމަ މި ޣައްދާރުންގެ ޓީމުގައި ހިމެނޭ މީހުން،" ރައީސް ވިދާޅުވި އެވެ.
ސިޔާސީ އިދިކޮޅު ބޭފުޅުންގެ ތެރޭގައި ވޯޓުން ކަރުދާހުން ނަތީޖާ ހޯދުމަށް ކެތްކޮށްލަން ނުކެރިގެން، އޭގެ ކުރިން ވެރިކަން ނިމުމަކަށް ގެންނަން މަސައްކަތް ކުރާ ބަޔަކު އެބަތިއްބެވި އެވެ. އެކަމަށް އެހީތެރިވި މީހުންނަކީ "ހުއްބުލްވަތަންގެ ލޯބި އޮތް ބައެއްތޯ" ބަލާލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފުލުހުންގެ ތެރޭގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ފުލުހުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ގެ ދަށުން ހިންގާ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް، ފުލުހުންގެ ވަޒީފާ އިން ވަނީ ވަކިކޮށްފަ އެވެ. ސައިފް އަދިވެސް ހުރީ ފުލުހުން ބެލުމުގެ ދަށުގަ އެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ މިމަހު އެއް ވަނަ ދުވަހު ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ މީހަކު ޖަލުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވެ ފުލުހުންނާ ކުރިމަތިލިކަމުގެ ތުހުމަތުގަ އެވެ.
ބަޑި ޖަހާކަށް މި ސަރުކާރުން ނާންގާނެ: ޕީޕީއެމް
"ކުޑަކަކޫ މައްޗަށް ތިރިވާން ޖެހުނު ޖަޒުބާތު ފިލައިފި"
ރާއްޖެއިން އިންޓެލް ހޯދަނީ އިންޑިއާއިން އެކަނި: ޔާމީން
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
ވޯޓަކީ ރައްޔިތުންގެ ހުކުމް، އެ ހުކުމާ ނުބެހޭތި!
އައިސީޓީ ދާއިރާ ތަރައްގީކުރުން: ރައީސްގެ ބޮޑު ވައުދެއް
ރާޅާ އަޅާ މީހުންނަށް ތަނބުރުދޫ ތަރައްގީކުރަނީ
"ވިލިމާލެ 2 އާއެކު އުފެދިގެން އަންނަނީ މަދީނާއެއް"
ސަބްމެރިން ކޭބަލެއް ގަނެ އިންޓަނެޓުގެ އަގުހެޔޮ ކުރަނީ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"