Roadha Mihaaru
އެކުޅިވަރުގެ ކުއްޔަށް 29 މިލިއަން ޑޮލަރު ދޭންޖެހިއްޖެ

އެކުޅިވަރުގެ ކުއްޔަށް 29 މިލިއަން ޑޮލަރު އެމްޓީޑީސީއަށް ދައްކަން ހުކުމްކޮށްފި

01 މާޗް 2018

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސަރުކާރުން ކުރިން ދޫކޮށްފައި އޮތް ނ. އެކުޅިވަރުގެ ކުލީގެ ގޮތުގައި 29.5 މިލިއަން ޑޮލަރު (454 މިލިއަން) ރުފިޔާ އެމްޓީޑީސީއަށް ދައްކަން، އެ ރަށް ތަރައްގީކުރަމުން އައި އީއެންއޭ ހޮޓެލް ހޯލްޑިންގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސަރުކާރުން ކުރިން ދޫކޮށްފައި އޮތް ނ. އެކުޅިވަރުގެ ކުލީގެ ގޮތުގައި 29.5 މިލިއަން ޑޮލަރު (454 މިލިއަން) ރުފިޔާ އެމްޓީޑީސީއަށް ދައްކަން، އެ ރަށް ތަރައްގީކުރަމުން އައި އީއެންއޭ ހޮޓެލް ހޯލްޑިންގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ރިސޯޓެއްގެ ގޮތުގައި ނ. އެކުޅިވަރު ތަރައްގީކުރަން އެމްޓީޑީސީ އަށް ސަރުކާރުން އެތަން ދިނުމުން، އެ ކުންފުނިން ވަނީ އީއެންއޭ ހޯލްޑިން އަށް ސަބް ލީޒް އުސޫލުން އެރަށް ދޫކޮށްފަ އެވެ. އީއެންއޭއަކީ ބޭރުގެ ހޮޓެލް ޗެއިންއަކާ ގުޅިގެން އުފެއްދި ޖޮއިންޓްވެންޗާ ކުންފުންޏެކެވެ. އެކަމަކު ފަހުން ސަރުކާރުން ވަނީ އެމްޓީޑީސީއާ އެކު ހެދި ހެޑް ލީސް އެއްބަސްވުން އުވާލައި، އެރަށް އެމްޓީޑީސީ އަތުން އަތުލައިފަ އެވެ.

އެމްޓީޑީސީއަށް 29.5 މިލިއަން ޑޮލަރު ދައްކަން އީއެންއޭގެ މައްޗަށް ކޯޓުން އިއްޔެ ހުކުމްކުރީ އެމްޓީޑީސީއާ އެކު ސަރުކާރުން ހެދި އެއްބަސްވުން މެއި، 2016 ގައި އުވާލިއިރު އީއެންއޭ އިން އެމްޓީޑީސީ އަށް ނުދައްކާ ހުރި ފައިސާ އަނބުރާ ހޯދަން އެ ކުންފުނިން ދައުވާ ކުރަމުންނެވެ.

ކޯޓުގެ ހުކުމުގައިވަނީ ސަބް ލީޒް އެއްބަސްވުމުގެ ދަށުން އީއެންއޭ އިން 29.5 މިލިއަން ޑޮލަރު އެމްޓީޑީސީ އަށް ދައްކަންޖެހޭކަން ސާބިތުވާ ކަމަށެވެ. އެއީ އީއެންއޭ އިން ކޮންޓްރެކްޓް އެވޯޑުގެ ގޮތުގައި ކުރިން އެމްޓީޑީސީއަށް ދައްކާފައިވާ 7.8 މިލިއަން ޑޮލަރު އުނި ކުރުމުން ޖެހޭ އަދަދު ކަމަށް އެ ހުކުމުގައިވެ އެވެ. ހުކުމުގައި އީއެންއޭއަށް އަންގާފައިވަނީ އިއްޔެއިން ފެށިގެން އަށް މަސް ތެރޭގައި އެ ފައިސާ އެމްޓީޑީސީ އަށް ދައްކަައި ނިންމުމަށެވެ.

އެމްޓީޑީސީ އަތުން އެކުޅިވަރު އަތުލުމަށް ފަހު ސަރުކާރުން މިހާރު ނިންމާފައިވަނީ އެތަން ތަރައްގީކުރަން އެސްޓީއޯއާ ހަވާލު ކުރުމަށެވެ.