ދޯހާ (މާޗް 1) - ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވަކިވަކިން ބައްދަލު ކުރަން ނިންމައިފި އެވެ.
01 މާޗް 2018
ދޯހާ (މާޗް 1) - ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވަކިވަކިން ބައްދަލު ކުރަން ނިންމައިފި އެވެ.
ގަތަރާއި ސައުދީގެ ވެރިން ޓްރަމްޕާ ބައްދަލު ކުރައްވާ އިރު މިދިޔަ އަހަރުގެ ޖޫން މަހު ސައުދީން ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. އަދި ގަތަރާ ދެކޮޅަށް ސައުދީ އިސްވެ ވަނީ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވުމެވެ.
އެމެރިކާ އިން ވަނީ ގަލްފުގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ. ގަތަރާއި ސައުދީގެ ގުޅުން ކެނޑިފައި ވަނީ މިދިޔަ އަހަރުގެ މެއި މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެން ރިޔާޒުގައި ބޭއްވި އަރަބި-އެމެރިކާ ސަމިޓަށް ފަހު މަހެއް ވެސް ނުވަނީހެވެ.
ޓްރަމްްޕްއާ ބައްދަލު ކުރެއްވުމަށް ސައުދީ ވަލީ އަހުދު އެމެރިކާ އަށް ވަޑައިގަންނަވާނީ މި މަހު 19 ގައެވެ. މިއީ ވަލީ އަހުދުކަން ލިބިވަޑައިގެންނެވި ފަހުން މުހައްމަދު އެމެރިކާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އޭގެ ކުރިން މި މަހު 7 ވަނަ ދުވަހު މުހައްމަދު އިނގިރޭސި ވިލާތަށް ވަޑައިގެން ބޮޑު ވަޒީރު ތެރޭސާ މެއިއާ ބައްދަލު ކުރައްވާނެ އެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ފްރާންސަށް ވެސް މުހައްމަދު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ގަތަރުގެ އަމީރު ޝެއިޚް ތަމީމް އެމެރިކާ އަށް ވަޑައިގަންނަވާނީ އެޕްރީލް މަހު އެވެ. ރައީސް ޓްރަމްޕާއި ޝެއިޚް ތަމީމް އިއްޔެ ވަނީ ފޯނުން ގުޅުއްވާ ސަރަހައްދީ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ވަލީ އަހުދު މުހައްމަަދު އާއި ޝެއިޚް ތަމީމުގެ އިތުރުން ޓްރަމްޕާ ބައްދަލު ކުރަން ހަމަޖެހިފައިވާ ލީޑަރުންގެ ތެރޭގައި އަބޫ ދާބީގެ ވަލީ އަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ވެސް ހިމެނެ އެވެ.
ގަތަރު، ސައުދީ، ޔޫއޭއީގެ ލީޑަރުންނާ ޓްްރަމްޕް ބައްދަލު ކުރައްވަނީ
ގަލްފުގެ އެއްބައިވަންތަކަމަށް ޓްރަމްޕް ގޮވާލައްވައިފި
"ގަތަރު އެކަހެރި ކުރުމަކީ ޓެރަރިޒަމަށް ނިމުން އައުން"
މުހައްމަދަކީ އިންސާނީ ހައްގުގައި ނަމޫނާއެއް: ޓަރްމްޕު
ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރަން ޓްރަމްޕު އެދޭނެ!
ސައޫދީ ވަލީ އަހުދު އެމެރިކާގެ ރައީސާ ބައްދަލުކުރައްވަނީ
ޑީލް ގަބޫލުކުރުމުން ހަމާސްއަށް މަރުހަބާ ކިޔައިފި
ނަތަންޔާހޫ ގަތަރުގެ ބޮޑުވަޒީރަށް ގުޅައި މާފަށް އެދެފި
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރަށް ދެން ހަމަލާއެއް ނުދޭނެ: އެމެރިކާ