ކާބުލް (މާޗް 1) - ތާލިބާނުންނާ ގުޅިގެން އަސްކަރީ އެޑްވައިޒަރެއްގެ ގޮތުގައި ހަނގުރާމަ ކުރަމުން ދިޔަ ޖަރުމަން މީހާ ހައްޔަރުކޮށްފައިވާ ކަމަށް އަފްޣާނިސްތާނުގެ ސަލާމަތީ ފަރާތްތަކުން ބުނެފި އެވެ.
01 މާޗް 2018
ކާބުލް (މާޗް 1) - ތާލިބާނުންނާ ގުޅިގެން އަސްކަރީ އެޑްވައިޒަރެއްގެ ގޮތުގައި ހަނގުރާމަ ކުރަމުން ދިޔަ ޖަރުމަން މީހާ ހައްޔަރުކޮށްފައިވާ ކަމަށް އަފްޣާނިސްތާނުގެ ސަލާމަތީ ފަރާތްތަކުން ބުނެފި އެވެ.
އިތުރު ތިން މީހުންނާ އެކު އޭނާ ހައްޔަރު ކުރީ ދެކުނުގެ ހެލްމާންޑް ޕްރޮވިންސްގައި ބޮން ހަދާ ތަނަކުން ކަމަށްވެ އެވެ. ހެލްމާންޑުގެ ބޮޑު ސަރަހައްދެއް އޮންނަނީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ. އެ ޖަމާއަތާ ގުޅިގެން ހުޅަނގުގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގައި ހަނގުރާމަ ކުރުމަކީ އާއްމު ކަމެއް ނޫނެވެ. އެކަމަކު އިރާގާއި ސީރިއާގައި ހަނގުރާމަ ކުރި އިސްލާމިކް ސްޓޭޓް (އައިއެސް)އާ ވަނީ ހުޅަނގުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ގުޅިފަ އެވެ.
އަފްޣާން އޮފިޝަލުން ލަފާކުރާ ގޮތުގައި ތާލިބާނުންނާ ގުޅިގެން ޖަރުމަން މީހާ ހަނގުރާމަ ކުރާތާ އަށެއްކަ އަހަރު ވެދާނެ އެވެ. ޖަރުމަނުގެ ހަނގުރާމަ ވެރިޔާގެ ނަމަކީ އަބްދުލް ވަދޫދެވެ. އަފްޣާން ސިފައިން ބުނީ އޭނާ މިހާރު ވަނީ ކަންދަހާރު ވައިގެ މަރުކަޒުގައި ތިބޭ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ފަހަކަށް އައިސް ތާލިބާނުން އަފްޣާނިސްތާނުގައި ދޭ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ.
ތާލިބާނުން އެކަހެރިކޮށްގެން އުފެދޭނީ އިތުރު ހަމަނުޖެހުން: ގަތަރު
ކާބުލް އެއާޕޯޓަށް ދިއުން ރައްކާތެރިއެއް ނޫން: އެމެރިކާ
ތާލިބާނުންނާ ވާހަކަ ދައްކަން އީޔޫ އިން ގޮވާލައިފި
ޖަރުމަން ބޯޓުގައި ބޭރުކުރެވުނީ އެންމެ ހަތް މީހުން
ކޮޕް ސަމިޓަށް ދައުވަތު ނުދޭތީ ތާލިބާނުން ޝަކުވާކޮށްފި
ޕާކިސްތާނާއި އަފްޣާނިސްތާނުން ހަމަލާދީ އެތައްބަޔަކު މަރު
އަފްޣާނިސްތާނުގައި މުއާސަލާތީ ހިދުމަތް އަލުން ދީފި
އަފްޣާނިސްތާނުން މުއާސަލާތީ ހިދުމަތް ކަނޑާލައިފި
އަފްޣާނިސްތާނުގައި ރާޒުވާ ކުޅުން ތާލިބާނުން މަނާކޮށްފި
އިންޑިއާ އަކީ މުހިންމު ބައިވެރިއެއް: ތާލިބާން