03 މާޗް 2018
އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު މާލޭގެ މަޖީދީ މަގުގެ އެކި ސަރަހައްދުތަކުގައި ބޭއްވި އެއްވުން ކަވަރު ކުރަން އުޅުނު "ޗެނަލް 13" ގެ ނޫސްވެރިޔާ އާމިނަތު ލަޔާލް އަށް އެ އެއްވުމުގެ ބައެއް މީހުން ފުރައްސާރަކޮށް، ޖެއްސުން ކުރި މައްސަލަ ޕީޕީއެމުން ކުށްވެރިކޮށްފި އެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު މާލޭގެ މަޖީދީ މަގުގެ އެކި ސަރަހައްދުތަކުގައި ބޭއްވި އެއްވުން ކަވަރު ކުރަން އުޅުނު "ޗެނަލް 13" ގެ ނޫސްވެރިޔާ އާމިނަތު ލަޔާލް އަށް އެ އެއްވުމުގެ ބައެއް މީހުން ފުރައްސާރަކޮށް، ޖެއްސުން ކުރި މައްސަލަ ޕީޕީއެމުން ކުށްވެރިކޮށްފި އެވެ.
ލަޔާލް އެ އެއްވުން ލައިވް ކުރަމުން ދަނިކޮށް، އިދިކޮޅު ފަރާތްތަކުގެ ބައެއް މީހުން ވަނީ އޭނާ އަށް ޖެއްސުންކޮށް، އަޑުގަދަކޮށް އަދި ލައިވަށް ވެސް ހުރަސް އަޅައިފަ އެވެ. ލަޔާލް އޮން ކެމެރާގައި ވާހަކަ ދައްކަމުން ދަނިކޮށް، އެއްވުމުގެ އަންހެން ބައިވެރިއަކު ވަނީ މައިކް ކައިރި އަށް ގޮސް ވާހަކަ ދެއްކުމަށް ލަޔާލް އަށް ހުރަސް އަޅައިފަ އެވެ. އަދި އެ އަންހެންމީހާ ވަނީ ޗެނަލް 13 ގެ ކެމެރާގެ ކުރިމައްޗަށް ވެސް އަރައި ލަޔާލް އަށް އުނދަގޫކޮށްފަ އެވެ.
@Ch13official ge Noosverinnah Idhikolhu Muzaahiraage baiverin huras alhaifi. Press freedom ah govalaa meehunge Haalu dhekibala @PoliceMv @MNDF_Official @em_saeed @VaguthuOnline @avasmv @Mihaarunews @sunbrk @mshainee @ImjadJ pic.twitter.com/GuJ3PHi3Lx
— Media Service (@mediaservicemv) March 2, 2018
މުޒާހަރާގެ ބައިވެރިން ލަޔާލަށް ފުރައްސާރަ ކުރުން--
އެކަމާ ގުޅިގެން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށް ދިނުމަށް ޗެނަލް 13 ގެ ރިޕޯޓަރު މަސައްކަތް ކުރަނިކޮށް އޭނާއާ ހުތުރު ބަހުން މުއާމަލާތްކޮށް ފުރައްސާރަ ކޮށްފައިވާ ކަމަށެވެ. އެކަން ހަރުކަށި އިބާރާތުން އެ ޕާޓީން ވަނީ ކުށްވެރިކޮށްފަ އެވެ.
"އިދިކޮޅު ފަރާތްތަކުން ގާނޫނާއި ގަވައިދާ ހިލާފަށް ވެރިރަށް މާލޭގެ މަގުތަކަށް ނުކުމެ ރައްޔިތުންނަށް އުނދަގޫވާ ފަދަ އަމަލުތައް ހިންގަމުން ގެންދިއުމާއި، ހާއްސަކޮށް މިނިވަން ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެ ލައްވާ ފަރާތްތަކަށް ކުރަމުން ގެންދާ ފުރައްސާރަތައް ވަގުތުން ހުއްޓާލައި މިނިވަން ނޫސްވެރިކަމަކަށް ޖާގަ ދިނުމަށް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ." ޕީޕީއެމުން ބުންޏެވެ.
Minivankamey, Noosverikamey kiyaa Adu Gadha kuraa Idhikolhu Jamaa athuge meehunnah vaa varakee miee! @Ch13official @alayalm hivvarah Saabas! pic.twitter.com/k5FMiRNyd8
— Ahmed Nihan (@ahmed_nihan) March 2, 2018
ލަޔާލްގެ ހިތްވަރަށް ސާބަސް ދެއްވައި، ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ކުރެއްވި ޓުވީޓް
އެ ޕާޓީން ވަނީ ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ހާލަތު ބުނެދިނުމަށް މިނިވަން ނޫސްވެރިކަން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަ ކޮށްފަ އެވެ. އަދި ނޫސްވެރިންނަށް މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކުން ދޭންޖެހޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހިންގާ ޗެނަލް 13 ގެ ނޫސްވެރިންނަށް އިދިކޮޅު ފަރާތްތަކުން މިއަދު ފުރައްސާރަ ކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތައް ކަވަރު ކުރަމުން އަންނަ ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅައި ނޫސްވެރިންނަށް އަނިޔާވަމުން ދާތީ މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަނިޔާވި ޗެނަލް13 ގެ ނޫސްވެރިޔާ ފަރުވާއަށް ލަންކާއަށް
މުޒާހަރާގެ ތެރެއިން ދެ ނޫސްވެރިއަކަށް އަނިޔާވެއްޖެ
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
ގާނޫނީ ހުރަހެއް ނެތަސް މި މަންޒަރު ރީއްޗެއް ނޫން!
ޗެނަލް13 ގެ ނޫސްވެރިއެއްގެ ބޯ ފަޅާލައިފި
މައުމޫނަށް ހުތުރު ފުރައްސާރަތަކެއް؛ ގިނަ ބަޔަކު ރަތަށް
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނޫސްވެރިންނަށް އަނިޔާވި މައްސަލަ ބަލަން ގޮވާލައިފި
މުޒާހަރާ ރޫޅާލުމުގައި ނޫސްވެރިންނާއި އާންމުންނަށް އަނިޔާ
މީޑިއާތަކާ މެދު ތަފާތުކުރާ ކަމަށް ބުނެ މުޒާހަރާކޮށްފި