05 މާޗް 2018
ޓޫރިޒަމްގެ މަޝްރޫއުތަކަށް ދޫކުރާ ރަށްތަކާއި ފަޅުތަކަށް އެކުއިޒިޝަން ފީ ދެއްކުމުގެ މުއްދަތު އިތުރުކުރަން 1،000 ޑޮލަރުގެ ފީއެއް ނަގާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ޓޫރިޒަމްގެ މަޝްރޫއުތަކަށް ދޫކުރާ ރަށްތަކާއި ފަޅުތަކަށް އެކުއިޒިޝަން ފީ ދެއްކުމުގެ މުއްދަތު އިތުރުކުރަން 1،000 ޑޮލަރުގެ ފީއެއް ނަގާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން އާއްމުކޮށްފައިވާ، ޓޫރިޒަމްގެ ބޭނުމަށް ފަޅު ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން އެކްއިޒިޝަން ފީ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދެއްކޭނަމަ ފީ ދެއްކުމަށް ދެވޭ މުއްދަތު އިތުރު ކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީ އަށް ލިބިގެންވެ އެވެ. އަދި އެ މުއްދަތު އިތުރުކޮށްދޭނީ އެ ކަމަށް އެދި ލިޔުމުން ހުށަހެޅުމުން ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ.
އެ ގަވައިދުގައިވާ ގޮތުން ޓޫރިޒަމްގެ މަޝްރޫއުތަކަށް ދޫކުރާ ރަށްތަކާއި ފަޅުތަކަށް އެކުއިޒިޝަން ފީ ދެއްކުމުގެ މުއްދަތު ކޮންމެ ފަހަރަކު ވެސް އިތުރު ކޮށްދެވޭނީ އެންމެ ގިނަވެގެން 45 ދުވަހަށެވެ.
ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ، އާންމު ކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށް ވުމުންނެވެ. އެ ގާނޫނު އިސްލާހު ކުރުމަށް ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް ވަނީ ރިސޯޓް ހަދަން ކުއްޔަށް ދީފަ އެވެ.
ފަޅުތައް ހިއްކާތީ މަޓީން ކަންބޮޑުވުން ފާޅުކޮށްފި
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"