05 މާޗް 2018
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ މިއަދަށް އެއް މަސްވީއިރު ފެންނަނީ ގާނޫނުއަސާސީގެ ބާރު ކަނޑާލާފައިވާ ތަން ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ މިއަދަށް އެއް މަސްވީއިރު ފެންނަނީ ގާނޫނުއަސާސީގެ ބާރު ކަނޑާލާފައިވާ ތަން ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކުން ސިލްސިލާކޮށް މ. ކުނޫޒްގައި ބާއްވާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އިއުލާން ކުރުމަށް ފަހު، އެ ހާލަތު އިތުރު 30 ދުވަހަށް ދެންމީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގާނޫނުއަސާސީއާ ހިލާފަށް ބާއްވައި، ގާނޫނުއަސާސީގެ ބޭރުން ކަމަށެވެ.
"މި ހާލަތު އިއުލާން ކުރުމަށް ފަހު ދިވެހި އެތައް ރައްޔިތުންގެ ހައްގުތަކެއް މިއިން ޒަމާނަކު ވެސް ނިގުޅައިގެންފައި ނުވާ މިންވަރަށް ނިގުޅައިގެންފައިވާ މަންޒަރު މި ފެންނަނީ. މިއަދާ ހަމަޔަށް އައިރުގައި ދިވެހި ރައްޔިތުން މިތިބީ މަގުތަކަށް ނިކުމެ އެތަކެއް ހާސް ދިވެހި ރައްޔިތުން އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި އިހުތިޖާޖު ކުރޭ،" އޭނާ ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު، އެއްވެ އުޅުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ބަޔާން ކުރި ނަމަވެސް ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގު މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ހުއްޓުމެއް ނެތި ބޭނުންކުރަމުން ދިއުމުން ކުއްލި ހާލަތު ގަބޫލުނުކުރާ ކަމަށެވެ. އޭގެ އިތުރުން ހިފަހައްޓާފައިވާ އެހެން ހައްގުތަކުގެ ބޭނުން ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން ކުރަމުންދާ އިހުތިޖާޖުތަކުން އެކަނި ވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސަރުކާރަށް ރަނގަޅު މެސެޖެއް ލިބިފައި އޮންނާނީ. މި ކުއްލި ނުރައްކަލުގެ ހާލަތަކީ ދިވެހި ރައްޔިތުން ގަބޫލުނުކުރާ ހާލަތެއްކަން އަދި މިގޮތަށް އިއުލާން ކުރެވޭ ޣައިރު ގާނޫނީ ކުއްލި ނުރައްކަލުގެ ހާލަތަށް ދިވެހި ރައްޔިތުން ބޯ ނުލަނބާނެކަން އެނގެނީ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެތައް ބަޔަކު ނުހައްގުން ހައްޔަރުކޮށް ޖަލަށްލިއިރު، އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އެތައް ބަޔަކު ހިމެނޭ ކަމަށެވެ. އަދި ފުލުހުންގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އެތަނުގައި ގާނޫނު ނަގަހައްޓާ ފުލުހުން ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދާދި ފަހުން އެމްޑީޕީ ހަރުގެ އަށް ވަދެ ގެއްލުން ދިން ފުލުހުންގެ މައްސަލަ ބަލައިދިނުމަށް އެދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި ފުލުހުންގެ ތެރެއިން އެތަނަށް ގެއްލުން ދިން ފުލުހުންނަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
އަމީތު ފަސްވަނަ ފަހަރަށް ޕޮލިހަށް ހާޒިރުވާން އަންގައިފި
ދެއްކި ވާހަކަ "ފަހުމުނުވި" ކަމަށްބުނެ އަމީތު ޕޮލިހަށް
މާލޭގެ އަމަން ނަގާލުމުގެ ތުހުމަތު ތިން މެމްބަރަކަށް!
އިންޒާރު ދިނަސް މުޒާހަރާކުރާނަން: އިދިކޮޅު ޕާޓީތައް
އަމީތާއި އަބުޅޯ ހައްޔަރުކޮށްފި
މެމްބަރުންނަށް އިންޒާރު ލިބޭ، ރައްކާތެރިކޮށްދީ: އަމީތު
ބޮޑު އަމުރުން ވެރިކަމުގެ މައިބަދަ ބިނދުނު
"ޖަރީމާތަކަށް" ރައީސްގެ އިއުތިރާފް ތަހުގީގުކުރަން ޖެހޭ
މެމްބަރު އަމީތާއި އަބުޅޯ ދޫކޮށްލައިފި
އަމީތާއި އަބުޅޯ ގައްދޫން ހައްޔަރުކޮށްފި