Roadha Mihaaru
މެމްބަރު އަމީތާއި އަބުޅޯ ދޫކޮށްލައިފި

މެމްބަރު އަމީތާއި އަބުޅޯ ފުލުހުންގެ ބަންދުން ދޫކޮށްލައިފި

07 އޯގަސްޓް 2018

ގދ. ގައްދޫން މިއަދު ހައްޔަރުކުރި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގދ. ގައްދޫން މިއަދު ހައްޔަރުކުރި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ގައްދު އަށް ވަޑައިގެން އުޅުއްވަނިކޮށް، މެންދުރު ފަހު ތިނެއް ޖަހަން އުޅެނިކޮށް އެ ދެ ބޭފުޅުން ހައްޔަރު ކުރުމަށް ފަހު، ދޫކޮށްލީ ހަތަރު ގަޑިއިރު ފަހުންނެވެ.

ފުލުހުންގެ ބަންދުން ދޫކުރުމަށް ފަހު އަމީތާއި އަބުޅޯ އަށް ދިން ލިޔުމުގައި ބުނެފައި ވަނީ އެ ދެބޭފުޅުން ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީން ގައްދު އަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ހުރަސްއެޅޭ ފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

ގއ. އާއި ގދ. އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް ޔާމީން ވަނީ މިއަދު ހަވީރު ގައްދު އަށް ވަޑައިގެންފަ އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި އަމީތާއި އަބުޅޯ ހައްޔަރުކުރީ "ދޮރުންދޮރަށް" ކެމްޕެއިން ގައި އުޅުއްވަނިކޮށެވެ. ހަމަނުޖެހުމެއް ހިންގަން އެ ދެ ބޭފުޅުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ވެސް ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.