17 ޖުލައި 2016
އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށިތާ އިއްޔެ އެއް އަހަރު ފުރުމާ އެކު، ބޮޑެތި ކުށްތަކަށް އަދަބު ކަނޑައަޅާ ބައެއް ގާނޫނުތައް އުވި ގާނޫނީ ހުސް ކަމަކަށް ހިނގައިދާނެ ކަމުގެ ބިރު ހީވިޔަސް އެއިން އެއްވެސް ގާނޫނެއް ނުއުވޭނެ ކަމަށާއި ގާނޫނީ ހުސް ކަމަކަށް ނުދާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށިތާ އިއްޔެ އެއް އަހަރު ފުރުމާ އެކު، ބޮޑެތި ކުށްތަކަށް އަދަބު ކަނޑައަޅާ ބައެއް ގާނޫނުތައް އުވި ގާނޫނީ ހުސް ކަމަކަށް ހިނގައިދާނެ ކަމުގެ ބިރު ހީވިޔަސް އެއިން އެއްވެސް ގާނޫނެއް ނުއުވޭނެ ކަމަށާއި ގާނޫނީ ހުސް ކަމަކަށް ނުދާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ގާނޫނުލް އުގޫބާތަށް މިދިޔަ އަހަރު ގެނައި ފުރަތަމަ އިސްލާހު ބުނާގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި މުހިންމު ހަތް ގާނޫނެއް އުވާލުމާ މެދު ގޮތެއް ނިންމަންޖެހެ އެވެ. އެއީ؛
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫން
- ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު
- މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު
- އެންޓި ޓޯޗާ ގާނޫނު
- މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު
- ޖިންސީ ކުށުގެ ގާނޫނު
ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށިތާ އިއްޔެ އެއް އަހަރު ފުރިފައިވާއިރު އެ ގާނޫނުތައް އުވާލުމާ މެދު ގޮތެއް ނުނިންމާ އޮތުމުން ބައެއް ވަކީލުން ދަނީ އެކަމުގައި ގާނޫނީ ހުސްކަމަކަށް ގޮސްފައިވާ ކަމަށް ބުނެ، އެ ގާނޫނުތަކުގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށް ބުނަމުންނެވެ.
އެކަމާ ގުޅިގެން ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އެކަމުގައި ގޮތެއް ނިންމަންޖެހެނީ އެއިން ގާނޫނެއް އުވާލާ ނަމަ ކަމަށާއި އެކަމަކު އެއިން އެއްވެސް ގާނޫނެއް އުވާނުލަން ނިންމާފައިވާ ކަމަށެވެ. އެހެންވެ ކުރިއެކޭ ވެސް އެއްގޮތަށް އެ ގާނޫނުތަކުގެ ބާރު ހިނގާނެ ކަމަށާއި އެއްވެސް ގާނޫނީ ހުސްކަމެއް އެކަމުން ނާންނާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
"ގާނޫނުލް އުގޫބާތުގައި ބުނަނީ އެ ގާނޫނުތައް އުވާލާ ނަމަ އެކަމުގައި ގޮތެއް ނިންމާށޭ. އުވާނުލަން ނިންމާ ނަމަ އެއްވެސް ކަމެއް ކުރަންޖެހޭނެ ކަމަށް ބުނެފައެއް ނެތް، އެހެންވީމަ އެ ގާނޫނުތައް އަދިވެސް ނުއުވޭ، ގާނޫނީ ހުސްކަމެއް ވެސް އެކަމަކުން ނެތް،" އުޝާމް ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގައި ބުނާ ހަތް ގާނޫނަކީ ވެސް ބޮޑެތި ކުށްތަކަށް އަދަބު ކަނޑައެޅުމަށް ފަހުން ހަދާފައިވާ ގާނޫނުތަކެކެވެ.
ރާއްޖޭގެ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް
އަބުރުގެ ބަދަލު ހޯދުމުގެ ގަވައިދު ގާނޫނަކަށް ހަދަނީ
"ފުރަތަމަ 100 ދުވަހުގެ ފަސް ވައުދެއް ފުއްދައިފިން"
އިސްތިއުފާ ދިނީ ގާނޫނު ހިމާޔަތްނުކުރެވޭތީ: ޝުނާނާ
ބަންޑާރަ ނައިބާ ދެކޮޅަށް ހެދި ޕެޓިޝަނެއް ހުއްޓުވައިފި
ބަލައި ފާސްކުރަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން: އޭޖީ
އޭޖީ އަށް "ބޮޑު" ގާނޫނުއަސާސީއެއް ހަދިޔާކޮށްފި
އޭޖީން ހުށަހެޅި މައްސަލައަށް ފާޑުކިއުންތައް އަމާޒުވެއްޖެ
ޕަބްލިކް ޑިފެންޑާސް އޮފީސް: ބޭނުންތެރި ކަމެއް
ދިފާއީ ވަކީލުންނާ ބެހޭ ހާއްސަ އޮފީހެއް ގާއިމު ކުރަނީ