Roadha Mihaaru
ލ. ގައި ބޭއްވި ރެލީއަށް ސިފައިން ހުރަސް އަޅައިފި

ލ. އަތޮޅުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމަށް ސިފައިން ހުރަސް އަޅައިފި

09 މާޗް 2018

އިދިކޮޅު ޕާޓީތަކުން ލ. އަތޮޅުގައި މިއަދު ކުރިއަށް ގެންދިޔަ ސައިކަލު ބުރަށް ސިފައިން ނިކުމެ ހުރަސް އަޅައިފި އެވެ.

އިދިކޮޅު ޕާޓީތަކުން ލ. އަތޮޅުގައި މިއަދު ކުރިއަށް ގެންދިޔަ ސައިކަލު ބުރަށް ސިފައިން ނިކުމެ ހުރަސް އަޅައިފި އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި، އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ފެށި ސައިކަލު ބުރުގެ ކުރިއަށް ދަނިކޮށް ލިންކް ރޯޑުގެ ވަކި ހިސާބަކުން ސިފައިން ވަނީ އިތުރަށް ކުރިއަށް ނުދެވޭ ގޮތަށް ހުރަސް އަޅައިފަ އެވެ. އާންމު ގޮތެއްގައި އެކަމަކީ ފުލުހުން ކުރާ ކަމެއް ކަމަށްވިޔަސް، ރެލީއަށް ހުރަސް އެޅިއިރު އެތަނުގައި ފުލުހުން ހަރަކާތްތެރިވެފައެއް ނުވެ އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ފަރާތްތައް ދޫކޮށްލުމަށާއި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ގޮވާލައި، އިދިކޮޅު ފަރާތްތަކުން ދަނީ މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މުޒާހަރާ ކުރަމުންނެވެ.

ފުލުހުން މިހާރު އަންގާފައިވާ ގޮތުން ރޭގަނޑު 10:30 ގެ ފަހުން މާލޭގައި މުޒާހަރާއެއް ނުކުރެވޭނެ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ދަނީ ސިލްސިލާ މުޒާހަރާތައް އަދިވެސް ކުރިއަށް ގެންދަމުންނެވެ.