Roadha Mihaaru
"ސްޓާ ވޯސް"ގެ ދުނިޔެ އަށް ދާން ތައްޔާރުވޭ

"ސްޓާ ވޯސް"ގެ ދުނިޔެ އަށް ދާން ތައްޔާރުވޭ

10 މާޗް 2018

"ސްޓާ ވޯސް" ގެ ފިލްމްތައް ބަލާފައި އޭގެ ހިޔާލީ ދުނިޔޭގެ މަންޒަރުތަކަށް ގެއްލޭ މީހުންނަށް ދެން، ހަގީގަތާ ކުރިމަތިލާކަށް ވެސް މާ ގިނަ ދުވަހެއް ނުނަގާނެ އެވެ. ފިލްމްތަކުން އެ ފެންނަ ބިޔަ، އަދި ހިތްގައިމު މަންޒަރުތަކުގެ ތެރެއަށް ގޮސް "ސްޓާ ވޯސް" ގެ ދުނިޔޭގައި ހަމަ ހަގީގަތުގައި ވެސް އުޅެލެވިދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ސްޓާ ވޯސް" ގެ ފިލްމްތައް ބަލާފައި އޭގެ ހިޔާލީ ދުނިޔޭގެ މަންޒަރުތަކަށް ގެއްލޭ މީހުންނަށް ދެން، ހަގީގަތާ ކުރިމަތިލާކަށް ވެސް މާ ގިނަ ދުވަހެއް ނުނަގާނެ އެވެ. ފިލްމްތަކުން އެ ފެންނަ ބިޔަ، އަދި ހިތްގައިމު މަންޒަރުތަކުގެ ތެރެއަށް ގޮސް "ސްޓާ ވޯސް" ގެ ދުނިޔޭގައި ހަމަ ހަގީގަތުގައި ވެސް އުޅެލެވިދާނެ އެވެ.

ޑިޒްނީ ލޭންޑްގެ ތެރެއަށް "ސްޓާ ވޯސް" ގެ ތީމް ޕާކްގެ ގެނައުމުގެ މަސައްކަތް މިހާރު މެކުހަށް ޖަހާފައިވާ އިރު، އެތަން ތަރައްގީކުރަނީ ކެލިފޯނިއާގެ އަނަހެއިމްގައި ހިންގާ ޑިޒްނީ ލޭންޑް ރިސޯޓްގަ އެވެ. ތީމް ޕާކަށް ދީފައިވާ ނަމަކީ "ސްޓާ ވޯސް: ގެލެކްސީސް އެޖް" އެވެ.

ބޮޑު ބަޖެޓަކުން ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށްދާއިރު، އެތަނުގެ ކޮންސްޓްރަކްޝަންގެ މަސައްކަތްތަކުގެ ކުޑަކުޑަ މިންވަރެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. ޑިޒްނީން އާންމު ކުރި 51 ސިކުންތުގެ ވީޑިއޯ އިން ފެންނަ ގޮތުގައި "ސްޓާ ވޯސް" ތީމް ޕާކަކީ އާދައިގެ ތަނަކަށް ނުވާނެ އެވެ. އަދި އެއީ ބޮޑު ސަރަހައްދެއްގައި ކުރިއަށް ގެންދާ ބިޔަ، މަޝްރޫއެއްކަން ވީޑިއޯ އިން ފާހަގަ ކުރެވެ އެވެ.

ޑިޒްނީގެ އޮފިޝަލަކާ ހަވާލާދީ ޕީޕަލް އިން ބުނީ "ސްޓާ ވޯސް: ގެލެކްސީސް އެޖް" އަންނަ އަހަރުގެ ތެރޭގައި ހުޅުވަން އަމާޒު ހިފާފައިވާ ކަމަށެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

"ސްޓާ ވޯސް" ގެ މި ދުނިޔޭގެ ތެރޭގައި 1999 ގައި ރިލީޒް ކުރި "ސްޓާ ވޯސް: ފެންޓަމް މެނޭސް" ގައި ދައްކާ އިސްތަންބޫލާއި މަރަކޭޝްގެ މާކެޓްތަކުގެ ފިހާރަތަކުން ވިޔަފާރި ވެސް ކޮށްލެވޭނެ އެވެ. އަދި މުޅި އެ ދުނިޔެ ހަމަލޮލުން ދެކިލައި، ބަޓޫ ޕްލެނެޓް ތަޖުރިބާކޮށްލުމުގެ ފުރުސަތު މަޝްރޫއު ނިމިގެން އަންނަ އިރު ފަހިވެފައި ހުންނާނެ އެވެ.

ތީމް ޕާކްގެ އިތުރުން ޑިޒްނީން އަންނަނީ "ސްޓާ ވޯސް" ގެ ތީމް ހޮޓަލެއް ވެސް، ޕްރޮޖެކްޓްތެ ތެރެއިން ތަރައްގީ ކުރަމުންނެވެ. އެ ތަނުގައި ސްޓާ ވޯސްގެ ކޮސްޓިއުމްތަކާ އެކު މެހުމާނުންނަށް އުޅެލެވޭނެ އެވެ.