"ވޮންޑަ ވުމަން" ގެ ޑައިރެކްޓަރު ޕޭޓީ ޖެންކިންސްއާ "ސްޓާ ވޯސް" ސީރީޒްގެ ފިލްމެއް ޑައިރެކްޓްކުރަން ހަވާލުކޮށްފި އެވެ.
13 ޑިސެމްބަރ 2020
"ވޮންޑަ ވުމަން" ގެ ޑައިރެކްޓަރު ޕޭޓީ ޖެންކިންސްއާ "ސްޓާ ވޯސް" ސީރީޒްގެ ފިލްމެއް ޑައިރެކްޓްކުރަން ހަވާލުކޮށްފި އެވެ.
ލޫކަސް ފިލްމްސް އާއި ޑިޒްނީން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ "ރޯގް ސްކޮޑްރަން" އެވެ. މި ފިލްމުގެ އެންމެ ހާއްސަ ކަމަކަށް ވާނީ "ސްޓާ ވޯސް" ސީރީޒްގެ ފީޗާ ފިލްމެއް މުޅިން އަލަށް އަންހެން ޑައިރެކްޓަރަކާ އެކީގައި ގެނެސްދިނުމެވެ.
ޑެޑްލައިނުން ބުނިގޮތުގައި "ސްޓާ ވޯސް: ރޯގް ސްކޮޑްރަން" ގެ މައިގަނޑު ޕްލޮޓް އެނބުރޭނީ ސްޓާ ވޯސްގެ ފިލްމުތަކުން ފެންނަ ފައިޓް ޕައިލެޓުންގެ ވަށައިގެންނެވެ. ފިލްމު އިއުލާންކޮށް ވަނީ މީގެ ޓީޒާއެއް ވެސް ދައްކާލައިފަ އެވެ.
— Patty Jenkins (@PattyJenks) December 10, 2020
ޖެންކިންސްއާ އެކު "ސްޓާ ވޯސް" ގެ އާ ފިލްމެއް އިއުލާންކުރި އިރު، މި ސީރީޒްގެ އިތުރު ފިލްމެއް ޓައިކާ ވައިޓިޓީ ޑައިރެކްޓްކުރާ ގޮތަށް ވެސް އިއުލާންކޮށްފައިވެ އެވެ. އޭނާ އަކީ "ޖޯޖޯ ރެބިޓް" އާއި "ތޯ: ރެގްނަރޮކް" އަދި "ބޯއި" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. ޓައިކާގެ ކުރިއަށް އޮތް ފިލްމަކީ "ނެކްސްޓް ގޯލް ވިންސް" އެވެ.
A brand-new Star Wars feature with acclaimed filmmaker @TaikaWaititi is in development. Get ready for an unforgettable ride! ?
— Star Wars (@starwars) December 10, 2020
ދެހާސް އަށާރައިގައި ޖެންކިންސް ގެނެސްދިން ކާމިޔާބު ފިލްމު "ވޮންޑަ ވުމަން" ގެ ދެވަނަ ބައި "ވޮންޑަ ވުމަން 1984" މި މަހުގެ 25 ގައި ރިލީޒްކުރާނެ އެވެ. މިހާރު އުމުރުން 49 އަހަރުގެ ޑައިރެކްޓަރު ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި މޯންސްޓާ (2003) އާއި ވެލޯސިޓީ ރޫލްސް (2001) ހިމެނެ އެވެ.
ޖެންކިންސް ޑައިރެކްޓްކުރާ "ސްޓާ ވޯސް: ރޯގް ސްކޮޑްރަން" ސިނަމާތަކަށް ގެންނާނީ 2023 ގަ އެވެ. އެކަމަކު އަދި ފިލްމާ މާ ގިނަ ވާހަކަތަކެއް ހިއްސާއެއްނުކުރެ އެވެ.
"ސްޓާ ވޯސް" ގެ ފިލްމުތައް 1977 އިން ފެށިގެން ގެނެސްދެމުން އަންނަ އިރު، އެންމެ ފަހުން ގެނެސްދިން މި ސީރީޒްގެ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ރައިޒް އޮފް ސްކައިވޯކާ" އެވެ.
މުފާސާއަށް އަޑު އެޅި ޖޭމްސް އާލް ޖޯންސް މަރުވެއްޖެ
މެންޑަލޯރިއަން އާއި ގްރޮގޫގެ ފިލްމެއް އުފައްދަނީ
ޑިޒްނީގެ ގިނަ ފިލްމުތަކެއް ރިލީޒްކުރުން ފަސްކޮށްފި
އޮބި-ވާން ކެނޯބީ ސީރީޒްގެ ފުރަތަމަ ޓްރެއިލާ
"ސްޓާ ވޯސް" ހޮޓަލުގެ އަގު ބޮޑުކަމުން ފާޑުކިޔަނީ
"ސްޓާ ވޯސް" ގެ ފިލްމެއް 40 އަހަރު ފަހުން
"ރައިޒް އޮފް ސްކައިވޯކާ" އަށް ބިލިއަން ޑޮލަރު
ސްޓާ ވޯސްގެ އާ ފިލްމު ބެލުމުގައި ސަމާލުވާން އެދެފި
"ތުރޯންސް" ގެ މޭސްތިރިން "ސްޓާ ވޯސް" ދޫކޮށްލައިފި
"ރޯގް ވަން" ގެ ޕްރިކްއެލް ސީރީޒެއް ޑިޒްނީ+ އަށް