ކޮވިޑް-19އާ ހެދި ބަންދުކޮށްފައިވާ އިނގިރޭސިވިލާތުގެ ސިނަމާތައް އަންނަ މަހު އަލުން ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، އެ ގައުމުގައި އެންމެ ފުރަތަމަ އަޅުވާނެ އެއް ފިލްމަކަށް "ސްޓާ ވޯސް" ސީރީޒްގެ ފިލްމެއްވެއްޖެ އެވެ.
19 ޖޫން 2020
ކޮވިޑް-19އާ ހެދި ބަންދުކޮށްފައިވާ އިނގިރޭސިވިލާތުގެ ސިނަމާތައް އަންނަ މަހު އަލުން ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، އެ ގައުމުގައި އެންމެ ފުރަތަމަ އަޅުވާނެ އެއް ފިލްމަކަށް "ސްޓާ ވޯސް" ސީރީޒްގެ ފިލްމެއްވެއްޖެ އެވެ.
އެ ފިލްމަކީ މެއި 17، 1980 ގައި ގެނެސްދިން "ސްޓާ ވޯސް: ދި އެމްޕަޔާ ސްޓްރައިސް ބެކް" އެވެ. ރިޕޯޓްތައް ބުނާގޮތުން އިނގިރޭސިވިލާތުގެ ސިނަމާތައް އަނނަ މަހުގެ 4 ގައި އަލުން ހުޅުވަން ފަށާނެ އެވެ.
"ސްޓާ ވޯސް: ދި އެމްޕަޔާ ސްޓްރައިސް ބެކް" ޑިޒްނީން އިނގިރޭސިވިލާތުގައި އަލުން ރިލީޒްކުރަން ނިންމާފައި ވަނީ 4ކޭ ކޮލިޓީގަ އެވެ. އެ ގައުމުގައި ފިލްމު ދެއްކުމުގެ ކަންކަން ކުރިއަށް ގެންދާނީ ޔޫރަޕްގައި ސިނަމާތައް ހިންގާ މަޝްހޫރު ކުންފުނި ވޫއީ ސިނަމާސްއިންނެވެ.
ޑިޒްނީން ބުނިގޮތުގައި އި"ސްޓާ ވޯސް: ދި އެމްޕަޔާ ސްޓްރައިސް ބެކް" އަލުން އިނގިރޭސިވިލާތުގައި ޒަމާނީ ކޮލިޓީގައި އެޅުވުން ވެގެންދާނީ އެ ގައުމުގެ ސިނަމާތައް ހިނގައިގަންނަން ލިބޭނެ ވަރަށް ބޮޑު ބާރަކަށެވެ.
"ސްޓާ ވޯސް: ދި އެމްޕަޔާ ސްޓްރައިސް ބެކް" އަކީ ސްޓާވޯސް އޮރޮޖިނަލް ޓްރިލޮޖީގެ ދެވަނަ ފިލްމެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އާވިން ކާޝްނާ އެވެ. މީގެ ކާސްޓުންގެ ތެރޭގައި މާކް ހެމިލް، ހެރިސަން ފޯޑް ކެރީ ފިޝާ، ބިލީ ޑީ ވިލިއަމްސް، އެންތަނީ ޑެނިއަލްސް، ޑޭވިޑް ޕްރޯޒް، ކެނީ ބޭކާ، ޕީޓާ މޭހިއު އަދި ފްރޭންސް އޯޒް ހިމެނެ އެވެ.
ޖުމްލަ 33 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ސްޓާ ވޯސް: ދި އެމްޕަޔާ ސްޓްރައިސް ބެކް" އަކީ ބޮކްސް އޮފީހުގައި 547.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
މި ފިލްމު އަލުން އިނގިރޭސިވިލާތުގެ ސިނަމާތަކަށް ގެންނަ އިރު މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ޑިޒްނީގެ ސްޓްރީމިން ޕްލެޓްފޯމް ޑިޒްނީ+ ގެ ސްޓްރީމިން އަށް ވެސް ފިލްމު ދޫކޮށްލައިފަ އެވެ.
މުފާސާއަށް އަޑު އެޅި ޖޭމްސް އާލް ޖޯންސް މަރުވެއްޖެ
މެންޑަލޯރިއަން އާއި ގްރޮގޫގެ ފިލްމެއް އުފައްދަނީ
ޑިޒްނީގެ ގިނަ ފިލްމުތަކެއް ރިލީޒްކުރުން ފަސްކޮށްފި
އޮބި-ވާން ކެނޯބީ ސީރީޒްގެ ފުރަތަމަ ޓްރެއިލާ
ރިލީޒްކުރުމާ ދިމާކޮށް "ފްރީ ގާއި" ގެ ސީކްއެލްއެއްގެ ވާހަކަ
"ސްޓާ ވޯސް" ހޮޓަލުގެ އަގު ބޮޑުކަމުން ފާޑުކިޔަނީ
ވޮންޑަ ވުމަންގެ ޑައިރެކްޓަރަށް ސްޓާ ވޯސްގެ ފިލްމެއް
ކޮވިޑް-19 ޖެހި "ސްޓާ ވޯސް" ގެ ތަރިއަކު މަރުވެއްޖެ
މޭގަން އަށް ޑިޒްނީން "ވަޒީފާއެއް" ކަށަވަރު
"ރައިޒް އޮފް ސްކައިވޯކާ" އަށް ބިލިއަން ޑޮލަރު