14 މާޗް 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ތަހުގީގުގައި ފުރަތަމަ ފަހަރަށް އޭނާއާ މިއަދު ސުވާލުކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ތަހުގީގުގައި ފުރަތަމަ ފަހަރަށް އޭނާއާ މިއަދު ސުވާލުކޮށްފި އެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ނަދީމް ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގަ އެވެ.
މި ތުހުމަތު، ނަދީމްއާ އެކު ހައްޔަރުކޮށްފައިވާ މައުމޫންގެ އިތުރުން ފާރިސަށް ވެސް ކުރެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ އިން ނެރެގެން ގެންދިޔަ ފޮއްޓަކުން، މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ވަނީ ލިބިފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން، މަސައްކަތް ކުރައްވާފައިވާކަން އެ ފޮށިން ލިބުނު ޑޮކިއުމެންޓް އެވިޑެންސްތަކުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިހެން ބުނުމަށް ފަހު، މައުމޫނާއި ފަނޑިޔާރުންނާ ދެކޮޅަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވީ ހެކި ނައްތާލުމުގެ ދައުވާ އެވެ. މި މައްސަލައިގައި ފުލުހުންނަށް ފާޑުކިއުން ވެސް އަމާޒުވި އެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިކޮށް، ފުލުހުން ތަހުގީގު ފެށީ ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ނެރުނު އަމުރަށް ފަހު އެވެ.
އެ ތުހުމަތަށް މައުމޫންގެ އިތުރުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާއި ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ޕްރެޝަރު މި ސަރުކާރަށް އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ.
ޣައްސާން ދެ ފަހަރަށް ބައްޕާފުޅާ ބައްދަލު ކުރައްވައިފި
މައުމޫންގެ އެދުމަކީ އިސްލާހު ކުރުމުގައި ސާބިތުވެ ތިބުން
މައުމޫން ދޫނިދޫން މާފުށީ ޖަލަށް ބަދަލު ކޮށްފި
ބޮޑު އަމުރުން ވެރިކަމުގެ މައިބަދަ ބިނދުނު
މައުމޫނާ ބައްދަލުކުރަން ފުރުސަތެއް ނުދިން: ވަކީލު
މައުމޫންގެ ބޭސްތައް ފުލުހުން ވަނީ އަތުލާފައި: ވަކީލް
މައުމޫންގެ އާއިލީ ބައްދަލުވުމަށް އަލުން ހުއްދަ ދީފި
މައުމޫންގެ އާއިލީ ބައްދަލުވުންތައް ހުއްޓުވައިފި: ވަކީލް
ޖަލުގައި މައުމޫނަށް އެކަށީގެންވާ ފަރުވާ ނުލިބޭ: ވަކީލް
ފަރުވާ އަށް ފަހު މައުމޫން ދޫނިދު އަށް ގެންގޮސްފި